ADVERTISEMENT

ޕަޕުއާ ނިއުގިނީގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 23 މީހުން މަރުވެއްޖެ


ބޯކޮށް ވާރޭވެހި ކިންގް އުދައިގެ ސަބަބުން ޕަޕުއާ ނިއުގިނީ (ޕީއެންޖީ) ގައި ފެންބޮޑުވެ 23 މީހުން މަރުވެއްޖެއެވެ.

 

ނޭޝަނަލް ޑިޒާސްޓާ ސެންޓަރުގެ އެކްޓިން ޑިރެކްޓަރު ލުސެޓޭ މަން އޭއެފްޕީ ނިއުސް އެޖެންސީއަށް ވިދާޅުވީ މަރުވި މީހުންގެ ތެރޭގައި މަންމައަކާއި އޭނާގެ ދަރިފުޅު ވެސް ހިމެނޭ ކަމަށެވެ.

 

ބޯކޮށް ވާރޭވެހި، ލޭންޑްސްލިޕްތަކާއި، ކޯރުތަކުގައި ފެންބޮޑުވެ، އުސްފަސްގަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށް ލުސޭޓު ވިދާޅުވިއެވެ.

 

ޕީއެންޖީގެ ޕަބްލިކް ބްރޯޑްކާސްޓަރު ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެންބީސީ) އިން ބުދަ ދުވަހު ބުނީ ކިންގް އުދައިގެ ސަބަބުން އައްސޭރިފަށުގެ އަވަށެއް ކަމަށްވާ ލެސޭ ކަވޯރާގައިވެސް ފެންބޮޑުވެ، ކާބޯތަކެތީގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ތާޒާ ފެނުގެ ވަސީލަތްތައް ތަޣައްޔަރުވެފައިވާ ކަމަށެވެ.

 

ހައިލޭންޑްސް ޕްރޮވިންސް ކަމަށްވާ އެންގާއަށް ވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާއިރު، ވަޕެނަމާންޑާގެ ކޮމިއުނިޓީ ލީޑަރު އަކިލާ ކުންޒީ ވަނީ އެ މުޖުތަމައުގެ ކާބޯތަކެތީގެ ސަޕްލައި ރޭޝަން ކުރަމުން އަންނަ ކަމަށް އާރްއެންޒެޑް ޕެސިފިކަށް އަންގާފައެވެ.

 

2022 ވަނަ އަހަރުގެ ވޯލްޑް ރިސްކް އިންޑެކްސްއިން ދައްކާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުދުރަތީ ނުރައްކާތަކުގެ ނުރައްކާ އެންމެ ބޮޑު 16 ވަނައިގައި އޮތީ ޕަޕުއާ ނިއުގިނީ އެވެ.

 

އެ ގައުމުގެ ފަރުބަދަމަތީ އުސް ބިންތަކަކީ އެމެޒޯން އާއި ކޮންގޯ ބޭސިން ރެއިންފޮރެސްޓް އަށް ފަހު، ތިން ވަނަ އަށް އެންމެ ބޮޑު ރެއިންފޮރެސްޓް އޮންނަ ސަރަހައްދެވެ.

ކޮމެންޓް
ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.