ADVERTISEMENT

ގާޒާގެ އަލްޝިފާ ހޮސްޕިޓަލަށް ދިން ހަމަލާގައި 90 މީހުން ޝަހީދުވެއްޖެ


ގާޒާގެ އަލްޝިފާ ހޮސްޕިޓަލަށް ދިން ހަމަލާގައި 90 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

 

އިސްރާއީލުން އަލްޝިފާއަށް ދިން ”ލޭއޮހޮރުވުން“ ކުށްވެރިކޮށް ހަމާސް އިން ބުނީ ޝަހީދުވި މީހުންގެ ތެރޭގައި އާންމުންނާއި ބަލިމީހުންނާއި ގެދޮރު ގެއްލިފައިވާ މީހުން ވެސް ހިމެނޭ ކަމަށެވެ.

 

މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ފެށުމުގެ ކުރިން ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އަލް-ޝިފާ އަކީ ގާޒާގެ އުތުރުގައި ހިންގަމުން އަންނަ މަދު ސިއްހީ ހިދުމަތްދޭ ތަންތަނުގެ ތެރޭގައި ހިމެނޭ ހޮސްޕިޓަލެކެވެ.

 

ގާޒާ ސަރުކާރުން ބުނީ އެންމެ ފަހުން ދިން ހަމަލާގެ ކުރިން އެ ތަނުގައި 7،000 އަށް ވުރެ ގިނަ ބަލި މީހުން ތިބި ކަމަށާއި އޭގެ އިތުރުން ގެދޮރު ގެއްލިފައިވާ މީހުންވެސް ތިބި ކަމަށެވެ.

 

ބުދަ ދުވަހު އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ އެ ކޮމްޕްލެކްސްގައި ގާތްގަނޑަކަށް 300 އެއްހާ މީހުންނާ ސުވާލުކޮށްފައިވާ ކަމަށާއި ހައްޔަރުކުރި 160 އަށް ވުރެ ގިނަ މީހުން ”އިތުރު ތަހުގީގަށް“ އިޒްރޭލަށް ގެނެސްފައިވާ ކަމަށެވެ.

 

އޒްރޭލުގެ އަސްކަރިއްޔާއިން އަލްޝިފާއަށް ވަދެ ވަށާލުމުގައި ފަލަސްތީނުގެ ރައްޔިތުން އެތައް ގަޑިއިރެއް ވަންދެން ވަނީ ބަންދުކޮށްފައި ބައިތިއްބާފައެވެ. ހޯމަ ދުވަހުގެ ފަތިހު އެ އޮޕަރޭޝަން ފަށާފައިވާއިރު، އަސްކަރިއްޔާއިން ބުނީ އިންފެންޓްރީ އާއި ޓޭންކްތަކުގެ އެހީގައި ސްޕެޝަލް ފޯސަސް ފޮނުވާފައިވާ ކަމަށެވެ.

 

އަލްޝިފާއިން ދޫކޮށްލި ޒަހަމްވި މީހުންނާއި ބަލި މީހުންގެ ތެރެއިން ބައެއް މީހުން ވަނީ ގާޒާ ސިޓީގެ ބެޕްޓިސްޓް ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދާފައެވެ.

 

ގާޒާ ސިޓީން ރިޕޯޓްކުރާ އަލްޖަޒީރާގެ މުއާތު އަލް ކަހްލޫތު ވިދާޅުވީ އަންގާރަ ދުވަހުން ފެށިގެން އިޒްރޭލުގެ ހަމަލާތައް ހުއްޓާނުލާ ކަމަށެވެ.

 

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އިޒްރޭލު ސިފައިން އެންމެ ފުރަތަމަ އަލް ޝިފާ ހޮސްޕިޓަލަށް ވަދެ ބަލައި ފާސްކުރުމާ އެކު އިޒްރޭލަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

ކޮމެންޓް




ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.