ADVERTISEMENT

އެމްއައިބީގެ 24 ގަޑިއިރު ފައިސާ ޖަމާކޮއް ނެގޭ އޭޓީއެމްގެ ހިދުމަތް އދ މަހިބަދޫ އަދި ދ ކުޑަހުވަދޫގައި ފަށައިފި

24 މާރޗް 2024

މޯލްޑިވްސް އިސްލާމިކް ބޭންކުން ފައިސާ ޖަމާކޮށް ނެގޭ އޭޓީއެމްގެ ހިދުމަތް އދ މަހިބަދޫ އަދި ދ ކުޑަހުވަދޫގައި ފަށައިފިއެވެ. މި ހިދުމަތް އދ މަހިބަދޫގައި ފައްޓަވައިދެއްވީ އެރަށުގެ ކައުންސިލްގެ ރައީސް ރަޝާދު އަލީއެވެ. ދ ކުޑަހުވަދޫގައި މި ހިދުމަތް ފައްޓަވައިދެއްވި އެރަށު ކައުންސިލްގެ ރައީސް އިބްރާހިމް ފިކުރީއެވެ.

 

މި ހިދުމަތާއިއެކު އެމްއައިބީ ކަސްޓަމަރުންނަށް 24 ގަޑިއިރު ފައިސާ ޖަމާކޮށް ނެގޭނެއެވެ. މި އޭޓީއެމްތަކުން އެއްފަހަރާ 200،000 ރުފިޔާ ޖަމާކުރެވޭނެއެވެ. މި އޭޓީއެމް ތަކަކީ އެންމެ ޒަމާނީ އޭޓީއެމްތަކެކެވެ. މި އެޓީއެމްތަކަށް ކާޑު ބޭނުން ނުކޮށް ވެސް ފައިސާ ޖަމާކުރެވޭނެއެވެ. އެގޮތުން ފައިސާ ޖަމާކުރާ ފަރާތުގެ ފޯނު ނަންބަރު ޖެއްސެވުމަށްފަހު އޯޓީޕީ ވެރިފައި ކުރައްވާ، ޖަމާ ކުރައްވަން ބޭނުންވާ ފަރާތުގެ އެކައުންޓް ނަންބަރު ޖެއްސެވުމަށްފަހު ފައިސާ ޖަމާ ކުރެވޭނެއެވެ.

 

މި ދެ ރަށުގައި އެމްއައިބީއިން ޒަމާނީ ބްރާންޗެއްގެ ހިދުމަތް ދެއެވެ. މި ދެރަށުން އެމްއައިބީއިން ލިބެން ހުންނަ ހުރިހާ ހިދުމަތެއް މި އޭޓީއެމްއާއިއެކު ފުރިހަމައަށް ލިބެމުން ދާނެއެވެ. އެމްއައިބީއިން ދަނީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ފަސޭހަ އަދި ރައްކާތެރި ބޭންކިން ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮއްދެމުނެވެ.

ކޮމެންޓް




ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.