ADVERTISEMENT

މަޖިލީހުގެ އާންމު ޖަލްސާއެއްގައި ދިފާޢީ ގޮތުން ކުރާ ޚަރަދުތަކުގެ ތަފުސީލު ހާމަކުރުމަކީ ކުރާ ކަމެއް ނޫން – ޣައްސާން 


ރައްޔިތުންގެ މަޖިލީހުގެ އާންމު ޖަލްސާއެއްގައި ދިފާޢީ ގޮތުން ކުރާ ޚަރަދުތަކުގެ ތަފުސީލު ހާމަކުރުމަކީ ކުރާ ކަމެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

 

އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޣައްސާން ވިދާޅުވީރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނު ކަށަވަރު ކޮށްދޭނީ، ދިވެހިރާއްޖޭގެ އަސްކަރިއްޔާއަށް އެންމެ ފަހުން ހޯއްދެވިފައިވާ ޔޫ.އޭ.ވީތައް ހޯދާފައި ހުރީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ގާނޫނުތަކުން، އަދި ގަވާއިދުތަކުން
ދެފުށް ފެންނަކަން ކަށަވަރުކުރުމަށް ކަނޑައަޅާފައިވާ ހުރިހާ އުސޫލެއްގެ ތެރެއިން ކަމަށެވެ.

 

މިނިސްޓަރ ވިދާޅުވީ އެކަމުގެ ލިޔެކިޔުންތައް ހުންނާނެ ކަމަށެވެ. ބައްލަވަން ބޭނުންފުޅުވާ ތަޙުޤީޤީ އިދާރާތަކުން ބައްލަވަން ބޭނުންފުޅު ވެއްޖެއްޔާ ހުންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

 

އެކަން ކުރެވިފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން. އެހެންނަމަވެސް، މިކަހަލަ ފޯރަމެއްގައި އެއްވެސް ޤައުމެއްގައި ދިފާޢީ ގޮތުން ކުރާ ޚަރަދުތަކުގެ ތަފުސީލު ހާމަކުރުމަކީ ކުރާ ކަމެއް ނޫން: ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން

 

މިނިސްޓަރ ޣައްސާން ވިދާޅުވީ މަޢުލޫމާތު މަޖިލީހުގެ ޖަލްސާއެއްގައި އާންމުކުރަން އުޒުރުވެރިވާ ކަމަށެވެ. 241 ކޮމިޓީގައި ސިއްރު ޖަލްސާއެއްގައި އެ މަޢުލޫމާތު ހާމަކުރެވިދާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް




ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.