ADVERTISEMENT

ދިވެހިރާއްޖޭގެ ސިއްރުތައް ހިފެހެއްޓުމާ ބެހޭ ގާނޫނެއް އެކުލަވާލަންޖެހޭ – ޣައްސާން 


ދިވެހިރާއްޖޭގެ ސިއްރުތައް ހިފެހެއްޓުމާ ބެހޭ ގާނޫނެއް އެކުލަވާލަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

 

ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން މިފަދައިން ވިދާޅުވީ، އަސްކަރީ ބޭނުމަށް ގެންނަ އުޅަނދުތަކާއި ވަސީލަތްތަކުގެ މައުލޫމާތު ހޯދުމަށް ކުރެވޭ ސުވާލުތަކާއި ގުޅިގެންނެވެ. ޑިފެންސް މިނިސްޓަރ ޣައްސާން ވިދާޅުވީ ރަައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ ހާމަކުރުމަށްޓަކައި އެމަނިކުފާނު ގަބޫލުކުރާ ގޮތުގައ،ި އަދި ސަރުކާރުން ގަބޫލުކުރާ ގޮތުގައި، ދިވެހިރާއްޖޭގެ ސިއްރުތައް ހިފެހެއްޓުމާ ބެހޭ ގާނޫނެއް އެކުލަވައިލަންޖެހޭ ކަމަށެވެ.

 

މިނިސްޓަރ ވިދާޅުވީ އެއީ ކްލެސިފިކޭޝަން ލެވެލްތަކެއް ލާފައި، ދައުލަތުގެ އެކިވަރުގެ ސިއްރު
ހިފެހެއްޓޭނެ ނިޒާމެއް ކަށަވަރުކުރުމަށް ޓަކައި ގާނޫނެއް އޮންނަން ޖެހޭ ކަމަށެވެ. އަދި އެ ނިޒާމުގެ ތެރެއިން ސިއްރުތައް ހާމަކުރުމަކީ، ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅައި، އެ ހިފެހެއްޓުމުގެ މަސްއޫލިއްޔަތު ޒިންމާދާރު މީހުންނާ ހަވާލުކުރަންޖެހޭ ކަމަށެވެ. އަދި އެކަހަލަ ނިޒާމެއް ކަށަވަރުކުރުމަށްޓަކައި މިހާރ ވެސް 241 ކޮމިޓީއާ ލިބިވަޑައިގެންނެވި ފުރުސަތުތަކުގައި މަޝްވަރާކުރައްވާފައިވާނެކަމަށް މިނިިސްޓަރ ވިދާޅުވިއެވެ.

 

މި ނިޒާމު އެކުލަވައިލެވިއްޖެ ކަމުގައި ވަންޏާ ތި ވިދާޅުވި ކަހަލަ މަޢުލޫމާތު ވަގުތުން ވަގުތަށް ރައްޔިތުންގެ މަޖިލިސް؛ މާނައަކީ، ރައްޔިތުންނާއި ސަރުކާރާ އަބަދުވެސް ހިއްސާކުރެވިގެން، މަޝްވަރާކުރެވިގެން ކުރިއަށް ގެންދެވޭނެ. އެއީ އެއްވެސް ސިޔާސީ ބޭނުމެއްގައި އެކަހަލަ މަޢުލޫމާތުތައް ހާމަކުރުން ހުއްޓުވުމަށްޓަކައި. ދިވެހި ދައުލަތަކީ، ހުރިހާ ރައްޔިތުންގެ ދައުލަތެއް.
މި ދައުލަތް ހިންގަން މި އިއްޒަތްތެރި މަޖިލީހާއި ސަރުކާރާ ގުޅިގެން މަޝްވަރާކޮށްގެން ކުރިއަށް ގެންދަންޖެހޭ ބައިވަރު ކަންތައްތައް ހުންނާނެ: ޑިފެންސް މިނިސްޓަރ ޣައްސާން

 

މިނިސްޓަރ ވިދާޅުވީ މި ކަންތައްތައް މި ނިޒާމުގެ ތެރެއިން ހާސިލުކުރުމަކީ މަޖިލީހުގެ ވެސް އަދި ހުރިހާ ރައްޔިތުންގެ އަދި ސަރުކާރު ހިންގާ ފަރާތްތަކުގެ ޒިންމާއެއް. މިކަން ކުރުމަށްޓަކައި ދިވެހި ސަރުކާރުން ތިބީ ތައްޔާރަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މިފަދަ ގާނޫނެއް އަންނަ ދުވަހަކުން މިއަށްވުރެ ހާމަކަންބޮޑުކޮށް ކޮންމެ ސަރުކާރެއް އޮތް ކަމުގައި ވިޔަސް، ރައްޔިތުންގެ މަޖިލީހާ އެކު މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރ ޣައްސާން ވިދާޅުވިއެވެ.

ކޮމެންޓް
ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.