ADVERTISEMENT

މާފަރު ސިއްހީ މަރުކަޒުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ މަގެއް ހޯދާނަން – މިނިސްޓަރު


ނ. މާފަރު ސިއްހީ މަރުކަޒުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ މަގެއް ހޯއްދަވާނެކަމަށް ހެލްތް މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

 

ރައްޔިތުންގެމަޖިލީހުގެ މިއަދުގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫންކުރެއްވި ސުވާލުގެ ޖަވާބުގައި ހެލްތް މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ މެންބަރުގެ ސުވާލުގައި ވިދާޅުވި ގޮތަކަށް ބޭރުގެ ބަޔަކާއި ހަވާލުކުރެވިފައިވާ ކަމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީއަށް ހުށަހެޅިފައި ހުރި ޝަކުވާތަކާއި ގުޅިގެން އެ ޕްރޮޖެކްޓް މި ވަގުތަށް މަޑުޖެހިފައިވާ ކަމަށެވެ.

 

އެކަމުގެ މުހިންމުކަމުގެ ސަބަބުން އެކަން އެހެން ގޮތަކަށްވެސް ގެންދެވޭތޯ މަސައްކަތް ކުރަމުން މިދަނީ. އެނގިވަޑައިގަންނަވާނެ އެވޯޑް ކުރުމަށްފަހުގައި އިޖްރާއަތްތަކެއް ފުރިހަމަކުރަންޖެހޭ އެކަން އެހެންގޮތަކަށް ކުރާނަމަ. އެހެންވީމާ ގާނޫނީ ގޮތުން ބަލަންޖެހޭ ބެލުންތައް ފިނޭންސް މިނިސްޓަރުން ދަނީ ބަލަމުން: ހެލްތް މިނިސްޓަރ

 

މިނިސްޓަރ ވިދާޅުވީ އެ މަސައްކަތް މަޑުޖެހިފައިވަނީ 26 އޮކްޓޯބަރު 2023 ވަނަ ދުވަހުން ފެށިގެން ކަމަށާއި، ޕްރޮޖެކްޓުގައި ކުރަމުންދިޔަ ހުރިހާ މަސައްކަތެއް ހުއްޓާލުމަށް ފިނޭންސް މިނިސްޓްރީން އެއިރު އަންގާފައިވާ ކަމަށެވެ.

 

އެހެންކަމުން އަދި ވަކިގޮތަކަށް އަންގާފައި ނުވާތީ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ނުދާ ކަމަށާއި، ޕްރޮޖެކްޓުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދެވޭނެ މަގެއް ހޯދަމުންދާ ކަމަށް ވެސް ހެލްތް މިނިސްޓަރ ޙަލީލު ވިދާޅުވިއެވެ.

ކޮމެންޓް




ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.