ADVERTISEMENT

ރައީސް ޑރ. މުހައްމަދު މުއިއްޒު

އދ. ގެ ގަރާރާ އެއްގޮތަށް އަމަލުކުރުމަށް ރައީސް އިސްރާއީލަށް ގޮވާލައްވައިފި


އދ. ގެ ގަރާރާ އެއްގޮތަށް އަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްރާއީލަށް ގޮވާލައްވައިފިއެވެ.

 

އިޒްރޭލުން ގާޒާގައި ހިންގަމުން އަންނަ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލާ އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވަނީ އިއްޔެއެވެ. އިޒްރޭލާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ ހަމާސްއާ ދެމެދު ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި، އެމެރިކާއިން ވޯޓުގައި ބައިވެރިނުވާތީ، ރަހީނުކުރި އެންމެން ވަގުތުން އަދި ޝަރުތެއް ނެތި ދޫކޮށްލުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ގޮވާލާފައެވެ.

 

އދ. ގެ ސަލާމަތީ މަޖިލީހުން މި ގަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރި 15 ގައުމުގެ ތެރެއިން 14 ޤައުމުގެ ތާއީދާއެކުގައެވެ. ކުރިން މި ގަރާރު ފާސްކުރުމަށް ނެގި ވޯޓުތައް ވީޓޯކުރި އެމެރިކާއިން ވަނީ އިއްޔެގެ ވޯޓުގައި އެއްވެސް ކޮޅަކަށް ވޯޓު ނުދޭން ނިންމާފައެވެ.

 

ޣައްޒާގައި އިސްރާއިލުން ކުރަމުން އަންނަ ހަނގުރާމަ، ރަމަޟާން މަހާ ދިމާކޮށް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރުކުރަމުން އައި ގަރާރު ބަލައިގަތުމުން އެކަމަށް ރައީސް ވަނީ މަރުހަބާ ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. ރައީސް ވިދާޅުވީ މިފަދަ ގަރާރެއް ފާސްކުރަން މާ ލަސްވެސް ވެއްޖެކަމަށެވެ.

 

އދގެ ސެކިއުރިޓީ ކައުންސިލުން ފާސްކުރި ގަރާރަށް ފުރިހަމައަށް ޢަމަލުކުރުމަށް ގޮވާލާ ކަމަށާއި، އެ ޤަރާރަށް ފުރިހަމައަށް ތަބާވުމަށް އިސްރާއީލަށް ގޮވާލާކަމަށް ރައީސްގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.

 

ރައީސް ވިދާޅުވި ގޮތުގައި ހަމަލާތައް ހުއްޓުމަކަށް ގެނެވިދާނެ ކަމުގެ އުންމީދަކީ ވެސް މި ބަރަކާތްތެރި ރަމަޟާން މަހުގެ ހަގީގީ ރޫހު ޣައްޒާގެ ރައްޔިތުންނަަށް ގެނެސްދޭނެ ކަމެކެވެ.

 

ރައީސް ވިދާޅުވީ މިގޮތުގައި ދެމިތިބެ، ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތްކުރަންވީ ހަމަލާތަކަށް ދާއިމީ ނިމުމެއް ގެނެސް އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރުމަށެވެ. އަދި ދުނިޔެއިން ފަލަސްތީނަށްޓަކައި އިތުރަށް އެތައް މަސައްކަތެއް ކޮށްދޭންޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.