ADVERTISEMENT

އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީޕްލޭން

އެއަރ އެމްބިއުލާންސްގެ އެކްސެސިބިލިޓީ ހުރިހާ ރަށަކަށްވެސް ލިބޭނެ – މިނިސްޓަރ 


ހަފްތާ 14ގެ ތެރޭގައި ހިމެނިގެން މި ސަރުކާރުން ފެށި އެއަރ އެމްބިއުލާންސްގެ އެކްސެސިބިލިޓީ ހުރިހާ ރަށަކަށްވެސް މިހާރު ލިބޭނެ ކަމަށް ހެލްތް މިނިސްޓަރ ޑރ. އަބްދުﷲ ޙަލީލު ވިދާޅުވެއްޖެއެވެ.

 

މިނިސްޓަރ މިފަދައިން ވިދާޅުވީ މަންޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ކުރެއްވި ސުވާލަަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު ކުރެއްވި ސުވާލަކީ ހަފްތާ 14 ގެ ތެރެއިން ހެލްތް މިނިސްޓްރީން ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން ކުރެވިފައިވާ ކަންތައްތަކަކީ ކޮބައިތޯ އަދި އޭގެ ސްޓޭޓަސްއަކީ ކޮބައިތޯއެވެ.

 

މެންބަރު ހައިތަމްގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ ޙަލީލު ވިދާޅުވީ ހަފްތާ 14 ގެ ތެރެއިން ހެލްތް މިނިސްޓްރީގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ. އެގޮތުން އެންމެ ހާއްސަކަމެއްގެ ގޮތުގައި ފަހަގަކުރެވެނީ، ބަލިމީހުން އެއްތަނުން އަނެއްތަނަށް ގެންދިއުމަކީ، ރާއްޖޭގައި އަބަދުވެސް ވަރަށް އުނދަގޫ ހާލަތެއްގައި އޮތް ކަމެއް ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން އެއަރ އެމްބިއުލާންސް ތައާރަފްކުރެވިފައިވާ ކަމަށެވެ.

 

އޭގެ ތެރޭގައި އެއަރޕޯޓަށް ޖައްސާ ބޯޓަކާއި، އޭގެ އިތުރުން ކަނޑަށް ޖައްސާ ބޯޓެއްވެސް ވަނީ ތައްޔާރުކުރެވިފައި. އެހެންވީމާ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް އެކްސެސިބިލިޓީ ލިބޭގޮތަށް މިހާރު އެ ތައްޔާރުކުރެވިގެން ގޮސްފައިވަނީ: މިނިސްޓަރ ޚަލީލު

 

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ޕްރައިމަރީ ހެލްތްކެއަރ ނިޒާމު ވަރުގަދަކުރުމަށްޓަކައި މަސައްކަތްތަކެއް ފެށިފައިވާ ކަމަށާއި، ފުރަތަމަ މަރުހަލާ ފުވައްމުލައްސިޓީގައި ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްދަނީ ފ. އަތޮޅުގައި ކަމަށާއި، މީގެ އަހަރެއްހާ ދުވަސް ކުރިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީގައި އެ މަސައްކަތްފެށި ޕްރޮޖެކްޓް ކުރިއަށްދާ ކަމަށެވެ.

ކޮމެންޓް




ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.