ADVERTISEMENT

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

އަމިއްލަ އަށް ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހުށަހެޅި ބިލު ބަލައިގަނެފި


އަމިއްލަ އަށް ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އިދިކޮޅު އެމްޑީޕީއައި ދަ ޑިމޮކްރެޓްސް ގުޅިގެން ހުށަހެޅި އެންޓި ޑިފެކްޝަން ބިލު މަޖިލީހުން ފާސްކޮށްފިއެވެ.

 

ބާރަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު އަބްދުﷲ ހުށަހެޅުއްވި މި ބިލްގައި ވާގޮތުން މި ބިލަކީ މަޖިލިސް މެންބަރުން އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވުމުގެ ސަބަބުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުން ކަމަށް އެމްޑީޕީން ބުނެއެވެ.

 

މި ބިލުގައި ބުނެފައިވަނީ މަޖިލިސް މެންބަރަކު ނިސްބަތްވާ ޕާޓީން އޭނާ ވަކިކުރަން ނިންމާ ހާލަތުގައި އިލެކްޝަން ކޮމިޝަން (އީސީ)އިން އޭނާ ނިސްބަތްވާ ދާއިރާއެއްގައި އިތުބާރު އޮތްތޯ ބެލުމަށް ވޯޓެއް ނަގަންޖެހޭނެކަމަށެވެ.

 

މީގެއިތުރުން މި ބިލުގައި ވަކި ޕާޓީއަކަށް ނިސްބަތްނުވާ ގޮތަށް މަޖިލީހުގެ މެންބަރު ކަމަށް ވާދަކޮށްގެން މިނިވަން މެންބަރެއްގެ ގޮތުގައި އިންތިހާބުވި މެންބަރަކު އެ މެންބަރަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން ރިކޯލް ވޯޓެއް ނެގޭ ގޮތަށް ވަނީ ހިމަނާފައެވެ.

 

އަދި ރިކޯލް ވޯޓުގައި ވޯޓުލާ މީހުންގެ އަގުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކިކުރަން ނިންމިކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އެންގުމުންވެސް މެންބަރުގެ ގޮނޑި ގެއްލޭނެ ކަމަށްވެސް ބިލްގައި ވަނީ ހިމަނާފައެވެ.

 

މި ބިލުބަލައިގަތުމަށް ނެގުނު ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ބިލު ބަލައިގަތުމަށް ވޯޓު ދެއްވާފައެވެ. އެއީ 41 މެންބަރުންނެވެ.

ކޮމެންޓް
ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.