ADVERTISEMENT

އެމްއައިބީ އުޖާލާ ދިރިއުޅުން ފެސިލިޓީ ރޯދަަމަހުގެ ފަހު 10ގައި ވެސް ޕްރޮސެސް ކޮއްދޭނެ

26 މާރޗް 2024

ސަރުކާރު ބަންދު ނަމަވެސް މި ރޯދަމަހުގެ ފަހު 10 އެއްގައިވެސް އެމްއައިބީއިން ހިދުމަތް ދޭނެ ކަމަށް އެބޭންކުން ބެނެފިއެވެ. މި ރޯދަމަހުގެ ފަހު 10 އެއްގައި އެމްއައިބީއިން ހިދުމަތް ދޭނީ 11:00 އިން 14:00 އަށެވެ. މި މުއްދަތުގައި އެބޭންކުގެ އެންމެ މަގްބޫލު އެއް ޕްރޮޑަކްޓް އުޖާލާ ފައިނޭންސިންގެ ހިދުމަތްވެސް އެއްވެސް ހުއްޓުމެއްނެތި ލިބެމުން އަންނާނެކަމަށް އެބޭންކުން މައުލޫމާތު ދެއްވައެވެ.

 

އެމްއައިބީ އުޖާލާ ފައިނޭންސަކީ ގިނަވެގެން 700,000 ރުފިޔާ އާއި ހަމަޔަށް 5 އަހަރަށް ބަހާލައިގެން މުދާ ނެގޭ ސްކީމެކެވެ. އެމްއައިބީއިން ވަނީ ދާދިފަހުން މި ސްކީމް މެދުވެރިކޮށް ފައިސާވެސް  ދޫކުރަން ފަށާފައެވެ. މި ސްކީމް މެދުވެރިކޮށް އެމްއައިބީ ކަސްޓަމަރުންނަށް ފައިސާގެ އިތުރުން ދިރިއުޅުމަށް ބޭނުންވާ އެކި މުދާ ނެގެއެވެ.

 

އެމްއައިބީއަކީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ލުއިފަސޭހަ ރައްކާތެރި ބޭންކިން ހިދުމަތެއް ދެމުންދާ ބޭންކެކެވެ. އެމްއައިބީއިން މިހާރު އެމީހަކު ހުރި ކޮންމެ ތާކުން އުޖާލާ ދިރިއުޅުން ފައިނޭންސިންގެ ހުރިހާ ކަމެއް ބޭންކަށް ނުގޮސް ކޮއްލެވެއެވެ.

 

ކުރިއާއި ހިލާފަށް އުޖާލާ ދިރިއުޅުން ފެސިލިޓީއަށް އެދި ހުށަހެޅުމަށް މިހާރު ގެރެންޓާއެއްވެސް ބޭނުމެއް ނުވެއެވެ. އަދި އެމައައިބީއަށް މުސާރަ ޖަމާވާނަމަ %13 ގައި އުޖާލާ ފައިނޭންސިން ލިބެއެވެ. މި ލުއިފަސޭހަތާކާއެކި އެމްއައިބީ އުޖާލާ ފައިނޭންސިންގެ ހިދުމަތަށް އޮންނަ ތަރުހީބު ވަރަށް ބޮޑެވެ. އެމައިބީ އުޖާލާ ފައިނޭންސިންއަކީ ބައިނަލްއަގްވާމީ އެވޯޑެއްވެސް ލިބިފައިވާ ހިދުމަތެކެވެ.

ކޮމެންޓް
ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.