ADVERTISEMENT

އާރުޑީސީގެ ޕެޓީކޭޝް މައްސަލައިގައި ފައްޔާޒު ފުލުހަށް ހާޒިރު ކުރަނީ

28 މާރޗް 2024

ޕެޓީ ކޭޝްގެ ނަމުގައި ގިނައަދަދެއްގެ ފައިސާ އެ ކުންފުނީގެ އެކި މުވައްޒަފުންގެ އެކައުންޓަށް ޖަމާކޮށް ހިންގެ ހިޔާނާތް ފަޅާއެރީ 2022 ވަނަ އަހަރުއެވެ. އެ މައްސަލައިގައި ސުވާލުކުރުމަށް ފައްޔާޒް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިއަދު މެންދުރުފަހު 3:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށެވެ.

 

ރާޅުގަނޑު ސަރަހައްދުގައި ރޭ ބޭއްވި އެމްޑީޕީގެ މަޖިލިސް ކެމްޕޭން ޖަލްސާގައި އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ ސިޔާސީ ގޮތުން އެހެން ދައްކާ ބިރަކަށް އެމްޑީޕީ ބިރު ނުގަންނާނެކަން މިހާރު އެނގެން ޖެހޭނެ ކަމަށެވެ.

 

ފައްޔާޒް ވިދާޅުވީ ދުނިޔެމަތީގެ ބިރަކީ އޭނާ ދަންނަ އެއްޗެއް ނޫން ކަމަށާއި ހަމައެކަނި ބިރު ގަންނާނީ ހެއްދެވި ފަރާތަށް ކަމަށެވެ. އަދި އެ ނޫން އެއްވެސް ބިރެއް އޭނާއަށް ނުފޯރުވޭނެ ކަމަށް ވިދާޅުވިއެވެ.

 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، 2022 ވަނަ އަހަރު އާރުޑީސީގެ ތެރެއިން ހިންގި ހިޔާނާތުގެ މައްސަލަ ފުލުހަށް ހުށަހެޅީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

 

އެ ހިޔާނާތާ ގުޅޭ މައުލޫމާތުދިނުމަށް، މި މަހުގެ ތިންވަނަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑު ސްޕްރިންޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވެފައިވަނީ އާރުޑީސީގެ ހިޔާނާތުގެ ތެރެއިން ތިން މުވައްޒަފެއްގެ އަމިއްލަ އެކައުންޓުތަކަށް ޖުމުލަ 14 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ.

 

އެމްޑީޕީގެ ވެރިކަމުގައިވެސް މިހާރުގެސަރުކާރުގެ ބައެއްބޭފުޅުން އިންތިހާބު ތަކާއިދިމާކޮށް ފުލުސް އޮފީހަށް ހާޒިރުކޮށް އެކި ތުހުމަތު ކޮއްފައިވެއެވެ.

ކޮމެންޓް
ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.