ADVERTISEMENT

ޕީއެންސީއާއި ގުޅުނީ އެމްޑީޕީއިން ”ހަސަންޓޭ ނޫން ގޮތެއް“ ހޯދަންބޭނުންވާތީވެ


ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއާއި ގުޅިވަޑައިގަތީ އެމްޑީޕީއިން ”ހަސަންޓޭނޫންގޮތެއް“ ހޯދަންބޭނުންވާތީ ކަމަށް އިނގުރައިދޫ ދާއިރާ ތަމްސީލުކުރާ މަޖިލިސް މެމްބަރު ޙަސަން މުޙައްމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.

 

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ވާހަކަ ދައްކަވަމުން މެންބަރު ހަސަން ވިދާޅުވީ އެމްޑީޕީއިން ވަކިވެވަޑައިގެންނެވީ އެމްޑީޕީގެ ލީޑަރޝިޕުން މިފަހަރު މަޖިލީހުގެ އިނގުރައިދޫ ދާއިރާ ތަމްސީލުކުރުމަށް ”ހަސަންޓޭ ނޫންގޮތެއް“ ހޯދަންވިދާޅުވުމުން ކަމަށެވެ. އަދި ފަނަރަވަރަކަށް އަހަރުދުވަހު އިޚުލާސްތެރިކަމާއިއެކު ޚިދުމަތްކޮށްދެއްވި ޕާޓިގެ ނިންމުމާއި ދެކޮޅައް ވާދަކޮށްފިނަމަ ލިބޭނީ ގެއްލުންކަމަށާއި އަދި އެމްޑީޕީގެ ލީޑަރޝިޕުން އެދުނުގޮތައް އެޕާޓީއިންވަކިވުމަށް ނިންމެވިކަމަށް މެމްބަރު ހަސަން ވިދާޅުވިއެވެ.

 

އެމްޑީޕީއިންވަކިވެވަޑައިގެން ޕީއެންސީއާއި ގުޅިވަޑައިގަތީ ރިޝްވަތުގެ ފައިސާއެއް ނެންގެވުމަށްފަހުކަމައް ކުރެވޭތުހުމަތުތަކާާއި ގުޅިިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މެންބަރު ވިދާޅުވީ ރިޝްވަތުގެ ގޮތުގައި އެއްވެސް ފައިސާއެއް ނަންގަވާފައިނުވާނޭކަމަށާއި، ޕީއެންސީއާއި ގުޅިވަޑައިގަތީ ސިޔާސީދާއިރާއިން ކުރިޔައްދާނަ ބޭނުންފުޅުވާތީވެ ކަމަށާއި މިއަދާއި ހަމައައްވެސް ހުންނެވީ ދާއިރާއާއި އަތޮޅުގެ ހުރި ކަންކަމުގެ ޒިންމާގައިކަމަށް ބެލެވޭތީކަމަށް މެންބަރު ހަސަން ވިދާޅުވިއެވެ.

 

ކޮމެޓީއަށްދިޔަދުވަހު އަޅުގަނޑާއި ވާދަކުރާާ ކެނޑިޑޭޓް ވަރަށް ސާފު ބަހުން ކޮމެޓީގައި ވިދާޅުވީ މި ނުކުންނަނީ އެމްޑީޕީގެ ލީޑަރޝިޕުން ހަސަންޓޭނޫން ގޮތެއް ހޯދަންވިދާޅުވެފައޮތީމަ. ދެން ވިދާޅުވީ ކޮބައިހޭ ކެޕޭސިޓީއަކީ. އެބޭފުޅާ ވިދާޅުވީ އެބޭފުޅާގެ ކެޕޭސިޓީއަކީ ހަތްމިލިއަން ރުފިޔާކަމަށް. އަޅުގަނޑު ދެންނެވިން އަޅުގަނޑަކަށް އެވަރެއްނުވާނޭ. އަޅުގަނޑު ފަނަރަ ވަރަކަށް ވިއްސަކަށް އަހަރު އުޅުނު ޕާޓީއަކަށް އެގޮނޑި ލިބެންއެދޭތީވެ އަޅުގަނޑު ބަދަލުވާންނިންމެވީ – މެންބަރު ހަސަން

 

މެންބަރު ހަސަން ވިދާޅުވީ އޭނާއަށް ވިސްނުނީ  އެ ގޮނޑިއަށް ވާދަކޮށްފިއްޔާ ލިބޭނީ ގެއްލުން ކަމަށެވެ. އަދި އެމްޑީޕީގެ ލީޑަރޝިޕުން އެދުނުގޮތަށް ބޭރުވީކަމަށެވެ.  އަދި ޕީއެންސީއާއި ގުޅިވަޑައިގަތީ ހުސްއަތާ މަގުމަތި ނުވާންވެގެން ސިޔާސީ ދާއިރާއިން ކުރިޔަށްދާން ބޭނުންވާތީ ޕީއެންސީއާއިގުޅެން ނިންމެވީ ކަމަށެވެ.

 

ރިޝްވަތު ނަަގައިގެން އެމްޑީޕީން ވަކިވެ ޕީއެންސީއާއި ގުޅުނު ވާހަކައަށް ރައްދު ދެއްވަމުން މެންބަރު ހަސަން ވިދާޅުވީ ޭނާ ހުރީ ރަމަޟާންމަހު ރޯދައަށް ކަމަށެވެ. އަދި އޭނާ އަތްލިފައިސާއެއް ނޯންނާނެ ކަމަށެވެ.

ކޮމެންޓް
ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.