ADVERTISEMENT

ޔޫއޭވީ ހޯއްދަވައި ދެއްވުމަކީ އަސްކަރީ ޤާބިލުކަން އިތުރުކުުރުމަށް ރައީސް ދެއްވާ އަހައްމިއްޔަތުކަން ހާމަވާ ކަމެއް – ޣައްސާން


މިނިވަންކަމުގެ އިމުގައި ދަމާފައިވާ ރަތް ރޮނގު ބަލަހައްޓަން ޔޫއޭވީ ހޯއްދަވާ ދެއްވުމަކީ އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުުރެއްވުމަށް ރައީސް ދެއްވާ އަހައްމިއްޔަތުކަން ހާމަވާ ކަމެއް ކަމަށް ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

 

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، ސިފައިންނާ ބައްދަލުކުރެއްވުމަށް ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ރައީސް ގެންދަވާ ކަމަށެވެ. ވަކިން ޚާއްޞަކޮށް، ދިވެހިރާއްޖޭގެ މިނިވަންކަމުގެ އިމުގައި ކޮމާންޑަރ އިން ޗީފް ދަންމަވާފައިވާ ވަރުގަދަ ރަތް ރޮނގު ބެހެލެއްޓުމަށް އެންމެ ޒަމާނީ ވަސީލަތައް ހޯއްދަވައި ދެއްވާފައިވާކަން ޣައްސާން ފާހަގަކުރެއްވިއެވެ.

 

ދިވެހި އަސްކަރިއްޔާގައި ފުރަތަމަ ފަހަރަށް އެއަރ ކޯއެއް ޤާއިމުކޮށްދެއްވައި، ޚިދުމަތަށް އަންމޭންޑް އޭރިއަލް ވެހިކަލްސް (ޔޫއޭވީ) ހޯއްދަވައި ދެއްވި ދެއްވުމަކީ، އެއީ ރައީސުލްޖުމްހޫރިއްޔާ އަދި ކޮމާންޑަރ އިން ޗީފްގެ ދުރު ވިސްނުންފުޅާއި، ދިވެހި ޤައުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމާއި، ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުުރެއްވުމަށް އެމަނިކުފާނު ދެއްވާ އިސްކަން ސާބިތުވެގެންދާ ކަމެއް – ޣައްސާން

 

ޣައްސާން ވިދާޅުވީ ސިފައިން ހަރަކާތްތެރިވާ ދާއިރާތަކަށް އެންމެ ޒަމާނީ ވަޞީލަތްތައް ހޯއްދަވައިދެއްވުމާއި، ސިފައިންގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްޕުޅުގެ އިތުރުން، ސިފައިންގެ ވެލްފެއަރ ކަންކަން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ފައްޓަވާފައިވާކަމަށެވެ.

 

ޣައްސާން ވަނީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމުގައި ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމުގައި ކަނޑުމަގުން ސިފައިން ކުރަމުންދާ މަސައްކަތްތަކާއި، އަލިފާނުގެ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށް ރައްކާތެރިކުރުމާއި، އަދި ދިވެހި ރައްޔިތުންނަށްޓަކައި ސިފައިން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި، ދިފާޢީ ވަޒީރު ސިފައިންނަށް ޝުކުރު އަދާކުރެއްވިއެވެ.

 

އަދި ޤައުމީ ޚިދުމަތުގައި ކުރިއަށްދިއުމުގައި ނަފުސަށްވުރެ ދިވެހި ޤައުމު އިސްކޮށްގެން މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު ސިފައިންނަށް ނަޞޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓް
ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.