ADVERTISEMENT

ކުރިއަށް އޮތްތަނުގައި ފުލުހުންގެ މުއައްސަސާގެ ފަންނީ ގާބިލް މުވައްޒަފުން ބިނާކުރެވިގެންދާނެ – ރައީސް 


ކުރިއަށް އޮތްތަނުގައި ފުލުހުންގެ މުއައްސަސާގެ ފަންނީ ގާބިލް މުވައްޒަފުން ބިނާކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނާ ބައްދަލުކުރައްވައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ރޭ އިސްކަންދަރު ކޮށްޓަށް ވަޑައިގެންނެވުން ގާޑް އޮފް އޮނަރއެއް އަރުވާފައިވެއެވެ. ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުގެ އިތުރުން ދާޚިލީ ސަލާމަތާ ފަންނިއްޔަތާބެހޭ ވުޒާރާގެ ވަޒީރު އަލީ އިހުސާންއާއި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ޑެޕިއުޓީ ކޮމިޝަނަރުންނާއި އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާ ފުލުހުންނާ އާންމު މުވައްޒަފުން ބައިވެރިވެފައިވެއެވެ.

 

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ފުލުހުންނާ މުހާތަބްކޮށް ދެއްކެވި ވާހަކަފުޅުގައި ދިވެހި ފުލުހުންނަށް ބޭނުންވާ ކަންކަން، ފަރުދީގޮތުންނާއި މުއައްސަސާއަށް މުހިންމުވާ ކަންކަމުގައި ދިވެހި ފުލުހުންގެ ފަރާތުން ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ދެވޭނެ ގޮތަށް ކަންކަން ބައްޓަންކުރެއްވުން އެއީ އެންމެ އިސްކަންދެއްވާ ކަންތައްތަކަމަށް ވިދާޅުވިއެވެ.

 

ހަމައެއާއެކު ފަރުދީ ގޮތުން އަމިއްލަ ނަފްސު ތަރައްގީކުރުމަށާއި ކެރިއާއެއްގެ ގޮތުގައި ކުރިއަށް ދެވޭނެ މުއައްސަސާއެއްކަން ފާގަކުރައްވައި، ކިޔެވުމަށްފަހު ފުލުހުންގެ ޚިދުމަތާ ގުޅޭ ފަރާތްތަކާއި މިހާރު ޚިދުމަތުގައި ތިބި މުވައްޒަފުންނަށްވެސް ކުރިއަށް ދެވޭނެ މަގު ފަހިކޮށް، ކުރިއަށް އޮތްތަނުގައި މުއައްސަސާގެ ފަންނީ ގާބިލް މުވައްޒަފުން ބިނާކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.

 

މީގެއިތުރުން، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ އިމާރަތްތައް އަޅައި ފުލުހުންގެ ޚިދުމަތް ހުރިހާ ރަށެއްގައި ދިނުމަށްޓަކައި މަަސައްކަތްތަކެއް ކުރެވިގެންދާކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ފުލުހުންގެ ފަރާތުންދެވޭ ހިދުމަތަކީ ރައްޔިތުން ބަލައިގަންނަ، ރައްޔިތުންނާ ގާތުން ލޯތްބާއެކު ދެވޭ ޚިދުމަތަކަށް ހެދުމަށް އެދިވަޑައިގެންނެވިއެވެ.

ކޮމެންޓް
ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.