ADVERTISEMENT

ރަސްމާލެ ހުއްޓިފައި އޮތީ މަޖިލީހުން އެއްބާރުލުން ނުދިނުމުން – ރައީސް 


ފުށިދިއްގަރު ފަޅު ނުވަތަ ރަސްމާލޭގެ މަސައްކަތް ހުއްޓިފައި އޮތީ މަޖިލީހުން އެކަމަށް ބޭނުންވާ އެއްބާރުލުން ނުދިނުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

 

ބުރާސްފަތި ދުވަހުގެ ރޭ ޕަބްލިކް ސާވިސް މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ވަނީ ރަސްމާލޭގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. ޑިސެމްބަރު 18، 2023 ގައި ފެށި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވެފައިވަނީ މެދުނުކެނޑި މަސައްކަތް ގޮސްފިނަމަ 8 މަސް ދުވަހުގެ ތެރޭގައި ހިއްކާ ނިންމާނެކަމަށެވެ.

 

ރަސްމާލޭގެ ގޮތުގައި ފުށިދިއްގަރު ފަޅުން ހިއްކަނީ 1153 ހެކްޓަރެވެ. މިއީ 400 މިލިއަން ރުފިޔާގެ، މި ސަރުކާރުން ފެށި އެންމެ ބޮޑު ޕްރޮޖެކްޓެވެ. ނަމަވެސް މި މަސައްކަތް މަޑުޖެހިފައިވާތީ އާންމުންގެ ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް ރައީސް ވަނީ މަސައްކަތާއި ގުޅޭ ތަފްސީލު ހިއްސާކޮށްދެއްވާފައެވެ.

 

ރައީސް ވިދާޅުވީ އެ މަޝްރޫއު ލަސްވަނީ ރައްޔިތުންގެ މަޖިލީހުން އެ ކަމަށް ހުރަސްއަޅާތީ ކަމަށެވެ. އެގޮތުން އެ މަޝްރޫއަށް ބަޖެޓުގައި ހިމެނި 400 މިލިއަން އުނިކުރި ވާހަކަ ރައީސް ފާހަގަކުރެއްވިއެވެ.

 

ރައީސް ވިދާޅުވީ މަޖިލީހުން ކަންތައްތައް ކުރިއަށް ގެންދަނީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭ ވިސްނުމަކު ނޫން ކަމަށެވެ. އަދި ރަސްމާލޭގެ މަސައްކަތް ލަސްވެފައިވަނީ އެ ސަބަބާއި ހެދި ކަމަށާއި، ނަމަވެސް އެޗްޑީސީއާއެކީގަ ބިން ހިއްކާ ކުންފުނިން ކޮށްފައިވާ އެގްރީމަންޓުގެ ދަށުން ވަރަށް އަވަހަށް އަނެއްކާވެސް ބިން ހިއްކަން ފަށާނެކަމަށެވެ.

ކޮމެންޓް
ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.