ADVERTISEMENT

ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތްތައް ފަށައިފި


ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތްތައް ފަށައިފިއެވެ.

 

މި މަސައްކަތް ހަވާލުކޮށްފައިވަނީ ބްރިޖު ހެދި ޗައިނާގެ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ، ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކޮމްޕެނީއިންނެވެ.

 

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަރާމާތު ކުރުމާއި ގުޅޭގޮތުން ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއެކު ސޮއި ކުރެވޭ ”އިމްޕްލިމެންޓޭޝަން އެގްރިމެންޓް އޮފް ދަ ފޮލޯއަޕް މެއިންޓަނަންސް އޮފް ދަ ޗައިނާ މޯޅްޑިވްސް ފްރެންޑްޝިޕް ބްރިޖް“ އެއްބަސްވުމެކެވެ.

 

މިއެއްބަސްވުމަކީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މެއިންޓަނަންސް މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީ ކުރުމަށާއި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޗައިނާ ސަރުކާރު އަދި ދިވެހި ސަރުކާރާއި ދެމެދު ސޮއި ކުރެވުނު ”ލެޓަރ އޮފް އެކްސްޗޭންޗް“ އަދި ”އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯރޕަރޭޝަން ބިޓްވީން ދަ ގަވަރމެންޓްސް އޮފް ޗައިނާ އެންޑް މޯލްޑިވްސް“ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.

 

މިމަޝްރޫޢުއަށް 26,150,000.00 ޗައިނީސް ޔުއާން ނުވަތަ 3.6 މިލިއަން ޑޮލަރު – ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި:

  • އިނިޝިއަލް ރިޕެއަރތައް ކުރުން (މިހާރު ދިމާވެފައި ހުރި މަރާމާތުތައް ދެނެގަނެ ހައްލުކުރުން) 
  • ޕްރިވެންޓިވް މެއިންޓެނަންސް 
  • ބްރިޖް މެއިންޓެނަންސް މަސައްކަތްތަކުގެ ރިކޯޑްސް ބަލަހައްޓާނެ ނިޒާމެއް ހެދުން 
  • ބްރިޖްގެ މެއިންޓެނަންސް މައްސަލަތައް ދެނެގަތުމާއި ގުޅޭ އެސެސްމެންޓްތައް ހެދުން
  • ރޫޓިންގ މެއިންޓެނަންސް މަސައްކަތްތައް ކުރުން: މީގެ ތެރޭގައި ބްރިޖްގެ އެކިއެކި ކޮމްޕޯނަންޓްތަކަށް ބޭނުންވާ މަރާމާތުތައް ދެނެގަނެ މެއިންޓެނަންސް މަސައްކަތްތައް ކުރުމަށްޓަކައި ރޫޓިންކޮށް ކުރެވޭ ޕީރިއަޑިކް މެއިންޓެނަންސް މަސައްކަތްތަކެވެ. 
  • މެއިންޓެނަންސް މަސައްކަތްތައް ކުރުމަށް ދިވެހި ޓެކްނިޝަނުންގެ ޤާބިލްކަން އުފެއްދުން: މިގޮތުން މިއެއްބަސްވުމުގެ މުއްދަތު ނިމުމުން ބްރިޖް މެއިންޓެނަންސް މަސައްކަތްތަކާއި ހަވާލުވެވޭނެ ފެންވަރަށް ދިވެހިން ބިނާކޮށް މިޓީމުގެ ބެލުމުގެ ދަށުން މެއިންޓެނަންސް މަސައްކަތްތައް ހިންގޭނެއެވެ. މިޓީމަށް ބޭނުންވާ ހުނަރާއި ތަމްރީނުތައް ހިންގޭނީ ސިނަމާލެ ބްރިޖް މެއިންޓެނަންސް މަސައްކަތްތައް ކުރުމުގެ ތެރޭގައެވެ.

 

މެއިންޓެނަންސް މަސައްކަތްތަކަށް ދިވެހިން ތަމްރީނު ކުރެވޭނީ ބްރިޖް އިންޖިނިއަރިންގ، ރޯޑް އިންޖިނިއަރިންގ، އިލެކްޓްރޯ މެކޭނިކަލް، ޓްރެފިކް ސޭފްޓީ، ފެސިލިޓީ ލޭންޑްސްކޭޕިންގ އަދި ބްރިޖް މެއިންޓެނަންސްގެ ދާއިރާތަކުންނެވެ.

ކޮމެންޓް
ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.