ADVERTISEMENT

ދިވެހި ޤައުމިއްޔަތަކީ 4000 އަހަރު ރާއްޖެ އަމިއްލަ މިނިވަން ޞުލްޙަވެރި ޤައުމެއްގެ ގޮތުގައި ދެމެހެއްޓި ސިފަތައް – ވަޒީރު


ދިވެހި ޤައުމިއްޔަތަކީ 4000 އަހަރު ދިވެހީން މި ރާއްޖެ އަމިއްލަ މިނިވަން ޞުލްޙަވެރި ޤައުމެއްގެ ގޮތުގައި ދެމެހެއްޓި މާތް ހަރުދަނާ ސިފަތައް ކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އާދަމް ނަސީރު ވިދާޅުވީ ދިވެހި ޤައުމިއްޔަތުގެ ވާހަކަ ދައްކަނީ މި ސިފަތަކުގެ މަތީގައި ދިވެހީން ތިބުމަށް ކަމަށެވެ. މިއީ ދިވެހީން ދިވެހީންނަށް ހެދި ސިފަތަށް ކަމަށާއި މި ސިފަތަކާއި ނުލާ ދިވެހީން ދިވެހީންނަށް ނުވާކަމަށެވެ.

ޤައުމިއްޔަތުގެ ވާހަކަ ދައްކަން ފެށުމާއެކު ސަރުކާރާއި އިދިކޮޅު ފަރާތްތަކުން މި ކަމާއި ޖޯކު ޖަހާ މަލާމާތް ކުރަން ފެށިއެވެ. އެ މަލާމާތް ކުރި ފަރާތްތަކުން ގެންގުޅެފައިވާ ސިޔާސަތަށް ބަލާއިރު އެއީ ޤައުމާއި ދެކޮޅު ސަފަތަކެވެ. ދިވެހީންނާއި ދެކޮޅު ސިފަތަކެވެ.

ނިމިދިޔަ ސަރުކާރުގެ ސިޔާސަތަށް ބަލާއިރު އެ ސިޔާސަތުގެ ތެރެއިން ދީން ދިޔައީ ފަނޑުވަމުންނެވެ. ދީނަކީ ދިވެހީން އެކަތިގަނޑެއްގެ ގޮތުގައި ދައްކާލި ދިވެހި ޤައުމިއްޔަތުގެ މައިގަނޑު އެއް ބަހާ ކަމުގައިވާއިރު މިދީނާ މެދު ނަފުރަތު އުފެއްދުމަށް އޭރު އެމީހުން މަސައްކަތް ކުރިއެވެ.

އަމިއްލަ ވަންތަކަމަކީ ދިވެހި ޤައުމިއްޔަތުގެ އަނެއް މުހިންމު ސިފައެވެ. މި ސިފައަށް ބަލާއިރު ނިމިޔަ ސަރުކާރުން ވަނީ ދިވެހީންގެ އަމިއްލަ ވަންތަކަށް ގެއްލުވާލާފައެވެ. ބައެއްގެ އުނގަށް ވެއްޓި އެމީހުން ބުނިހާ ގޮތަކަށް ދިވެހީންނާއި މެދު ކަންކަން ކުރިއެވެ. ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ ހިލާފަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދެ މަޤާމު ފުރުއްވީވެސް އަމިއްލަ ބަސް ނުބުނެވޭ ޕަޕެޓެއްގެ ހައިސިއްޔަތުގައެވެ.

ޒަމާނުއްސެރެ ދިވެހީން ދިވެހީންގެ ތަނެއްގެ ގޮތުގައި ބަލަމުންއައި ކަނޑުގެ ސަރަހައްދުން ބައެއްވެސް ދޫކޮށްލީ އަމިއްލަ ބާރެއް ނެތި އެހެން ބަޔަކު ބުނާހާ ކަމެއް ކުރުމުގެ ތެރެއިންނެވެ. މިއީ ޤައުމަށް ބަޔަކަށް ވެވޭނެ އެންމެ ބޮޑު ޣައްދާރެވެ.

ދިވެހި ރާއްޖޭގެ މި ކުދިކުދި ރައްތަކުގައި ދިވެހީން 4000 އަހަރުވަންދެން ވެރިކަންކޮށް މިނިވަންކަން ދެމެހެއްޓީ އަމިއްލަ ބާރުގައެވެ. އަމިއްލަ ފުދުންތެރިކަމުގައެވެ. މި ކަނޑާއި މި ރައްތަކުގެ މައްޗަށް ވެރިވާން އައި އެތައްބަޔަކު ބަލިކޮށް ފޮނުވީ އަނގަނމަތި މަސް ދޯނީގައެވެ. އޭރުވެސް ދިވެހި ރަސްކަލުން މިތަކުގެ މައްޗަށް ދިވެހީންނަށް ބާރުފޯރުވުމަށް ބޭރުގެ ފަރާތްތަކަށް ފުރުސަތެއް ނުދެއެވެ. ޤައުމިއްޔަތަކީ އަމިއްލަ އެދުމާއި ޖަހާއި ޝާނާއި ޝައުކަތު ނޫންކަމާއި ޤައުމިއްޔަތަކީ ޞުލްޙަވެރި ޤައުމެއްގެ ގޮތުގައި ދެމިތިބުމުގެ މާތް ހަރުދަނާ ސިފަތައް ކަމަށް އޭރުވެސް ދެއްކިއެވެ.

ކޮމެންޓް




ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.