ADVERTISEMENT

މެރިޓައިމް ސަރވައިލެންސް އެންޑް ބޯޑަރ ޕްރޮޓެކްޝަން ސެކްޝަން ގާއިމްކޮށްފި


ކަސްޓަމްސްގެ ކޮންޓްރޯލް ސަރަހައްދުތައް ބެލެހެއްޓުމާއި މަސްތުވާތަކެއްޗާއި ރާއްޖެއަށް އެތެރެކުރުން މަނާތަކެތި އެތެރެވުން ހުއްޓުވުމަށް ކަމާގުޅުންހުރި ފަރާތްތަކާއެކު ކަނޑުގެ އޮޕަރޭޝަންސްތައް ހިންގުމާއި، ކަސްޓަމްސް ކޮންޓްރޯލްގެ ދަށުގައި ހުންނަ އުޅަނދު ފަހަރުގެ ކަންކަން ބެލެހެއްޓުން ހަރުދަނާ ކުރުމަށް، ”މެރިޓައިމް ސަރވެއިލެންސް އެންޑް ބޯޑަރ ޕްރޮޓެކްޝަން ސެކްޝަން“ ގެ ނަމުގައި ހާއްސަ ސެކްޝަނެއް އުފައްދައިފިއެވެ.

 

މި ސެކްޝަން ހިނގަމުންދާނީ ޑައިރެކްޓްރޭޓް އޮފް އެންފޯސްމަންޓް އެންޑް ބޯޑަރ ސެކިއުރިޓީގެ ދަށުންނެވެ.

 

މެރިޓައިމް ސަރވައިލަންސް އެންޑް ބޯޑަރ ޕްރޮޓެކްޝަންގެ މެންޑޭޓް؛

  1. މަސްތުވާތަކެއްޗާއި އެނޫންވެސް ގާނޫނައި ގަވާއިދާ ހިލާފުތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވުމާއި ބޭރުކުރުން ހުއްޓުވުމަށްޓަކައި، ކަނޑުގެ މަގުން އޮޕްރޭޝަންތައް ހިންގުން
  2. ސަރވެއިލަންސް ޑްރޯން ފަދަ އާލާތްތަކާއި ވަސީލަތްތައް ބޭނުންކޮށްގެން ކަސްޓަމްސް ސަރަހައްދުތަކާއި ކަސްޓަމްސްގެ ކޮންޓްރޯލް ދަށުގައި ހުންނަ ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް މޮނިޓަރކޮށް ބެލެހެއްޓުން
  3. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަސްޓަމްސްއިން ތަންފީޒުކުރަންޖެހޭ ކަންކަން ތަންފީޒުކުރުމުގެ ގޮތުން ގައުމީ ދިފާއީބާރުގެ ކޯސްޓްގާޑާ ގުޅިގެން އޮޕަރޭޝަންތައް ހިންގުން

 

މި ސެކްޝަންސްގެ މަސައްކަތްތައް ފުޅާ ދާއިރާއެއްގައި ކުރުމަށް، ވަކި ހާއްސަ ލޯގޯއެއް ފަރުމަކުރެވި، ޔުނިފޯމަކާއި އަދި ސެކްޝަންގެ މަސައްކަތްތަކަށް ބޭނުންވާ އުޅަނދުފަހަރާއި އެހެނިގެން އާލާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

 

މި ސެކްޝަންގެ މަސައްކަތްތައް ހިންގުމަށް މިހާތަަށް ހޯދިފައިވާ އުޅަނދުތަކާއި ތަމްރީނުތައް؛

  • ކަސްޓަމްސް ސަރަހައްދުތައް ޕެޓްރޯލް ކުރުމަށް އުޅަނދެއް މީގެ 2 އަހަރުކުރިން ކަސްޓަމްސްއަށް ހޯދިފައިވެއެވެ. މި އުޅަނދު މިހާރުވެސް މެރިޓައިމް އޮޕަރޭޝަންތަކުގައި ބޭނުންކުރެވެއެވެ.
  • ޖަޕާނު ސަރުކާރުން ކަސްޓަމްސްއަށް ފޯރުކޮށްދޭ 30 ފޫޓުގެ 2 ޕެޓްރޯލް ވެސަލް؛ މި އުޅަނދު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުއެވެ.
  • ޖަޕާނު ސަރުކާރުން ކަސްޓަމްސްއަށް ފޯރުކޮށްދޭ 85 ފޫޓުގެ ޕެޓްރޯލް ވެސެލް. މި އުޅަނދު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ 2025 ވަަ އަހަރުގެ ފުރަތަމަ ކުއާޓަރ ތެރޭގައެވެ. މި އުޅަނދު ބޭނުންކޮށްގެން ޕެޓްރޯލް ކުރުމާބެހޭ ތަމްރީން ޕްރޮގްރާމެއް މިމަހުގެ ކުރީކޮޅު ރާއްޖޭގައި ބޭއްވިފައިވެއެވެ. މި ތަމްރީން ޕްރޮގްރާމުގައި އިރުޝާނު ދެއްވާފައިވަނީ ޖަޕާނުގެ ކަމާބެހޭ މާހިރުންނެވެ.
  • 85 ފޫޓުގެ އުޅަނދު ބޭނުންކޮށްގެން ޕެޓްރޯލް ކުރާނެ ގޮތާއި، މެރިޓައިމް އޮޕަރޭޝަންތައް ހިންގާނެ ގޮތުގެ އިތުރު ތަމްރީނު ޕްރޮގްރާމެއް މި އަންނަ މެއި މަހު ޖަޕާނުގައި އޮންނާނެއެވެ. މި ތަމްރީނު ޕްރޮގްރާމުގައި ކަސްޓަމްސްގެ 8 އޮފިސަރަކު ބައިވެރިވާނެއެވެ.
  • އަލަށް އުފެދުނު ސެކްޝަންގެ މަސައްކަތަށް ބޭނުންވާ އުޅަނދާއި އެހެނިގެން ވަސީލަތްތައް ހޯދުމަށް ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއާއި އެމެރިކާގެ ”އެކްސްޕޯތް ކޮންޓްރޯލް އެންޑް ރިލޭޓެޑް ބޯޑަރ ސެކިއުރިޓީ“ (އީއެކްސްބީއެސް) އާއެކު މަޝްވަރާކުރެވިފައިވެއެވެ. އަދި އެފަރާތްތަކުން ވެސް އެކަމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވިދާޅުވެފައިވެއެވެ. އަލަށް އުފެދުނު ސެކްޝަންގައި މަސައްކަތް ކުރުމަށް ހާއްސަ ފޯސްއެއް އުފެއްދުމަށް ނިންމާފައިވާއިރު، މި ފޯސްގައި ހިމެނޭ އޮފިސަރުންނަކީ މެރިޓައިމް އެންފޯސްމަންޓާިއ ގުޅޭ ތަމްރީނުތައް ފުރިހަމަކޮށްފައިވާ. ޒަމާނީ އާލާތްތަކާ ވަސީލަތްތައް ބޭނުންކޮސްގެން މަސައްކަތް ކުރާ ބަޔަކަށް ހެދުމަށް ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑާ ގުޅިގެން، މި ފޯސްގެ މެންބަރުން ތަމްރީނުކުރުމަށް މަޝްވަރާ ކުރެވިފައިވެއެވެ.

 

މަސްތުވާތަކެއްޗާއި އެނޫންވެސް ގާނޫނާއި ގަވާއިދާ ހިލާފުތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވުމާއި ބޭނުންކުރުން ހުއްޓުވުމަށްޓަކައި، ކަނޑުގެ މަގުން އޮޕަރޭޝަންތައް ހިންގުމަކީ ކަސްޓަމްސްގެ މައިގަނޑު އެއް މަސްއޫލިއްޔަތު ކަމަށްވާއިރު، އެކަންކަން ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަސްޓަކައި ބޭނުންވާނެ އުޅަނދުފަހަރާއި، ވަސީލަތަކާއި އަދި ތަމްރީނުތައް ހޯދުމުގެ މަސައްކަތް ކަސްޓަމްސްއިން ދަނީ ކުރަމުންނެވެ.

ކޮމެންޓް




ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.