ADVERTISEMENT

ރައީސް ޞާލިހުގެ ސަރުކާރުން 3 ފަޅު ހިއްކަން 20 މިލިއަން ޑޮލަރާއި 20 ހެކްޓަރު ބިން ދީފައިވޭ – އެޗްޑީސީ


ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން 3 ފަޅު ހިއްކަން 20 މިލިއަން ޑޮލަރާއި 20 ހެކްޓަރު ބިން ދީފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑީސީން) ބުނެފިއެވެ.

 

އެޗްޑީސީން ބުނެފައިވަނީ ކުރީ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު، ރިޔާސީ އިންތިޚާބުގެ ކުރިން، ހުޅުމާލެ ފޭސް3، ތިލަފުށި އަދި ދިޔަނަރު ފަޅު ހިއްކަން ސީއެމްސީއާއި ހަވާލުކުރީ 96 ހެކްޓަރުގެ ބިން ހިއްކުމަށެވެ. އެއީ ހުޅުމާލެއިން 62.6 ހެކްޓަރު، ދިޔަނެރުން 24.6 ހެކްޓަރު އަދި ތިލަފުށިން 9.6 ހެކްޓަރެވެ.

 

އެޗްޑީސީން ބުނެފައިވަނީ ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގައި ހިމެނޭ ހުޅުމާލެ ޕޭސް 3، ތިލަފުށީގެ ހަތަރު ވަނަ ބަޔާއި ދިޔަނެރު ފަޅު ހިއްކައި ރިވެޓްމެންޓް ޖެހުމާއި މަގުތައް ހެދުމާއި ފާލަން ހެދުމާއި ޖެޓީ ހެދުމަށް ސީއެމްސީސީއާ އެޗްޑީސީ އިން ހަވާލުކުރީ އެ ވެރިކަމުގެ ފަހު ދުވަސްކޮޅު ކަމަށްވާ މިދިޔަ އަހަރުގެ އޮގަސްޓު މަހުއެވެ.

 

އަދި އެ އެއްބަސްވުމުގައިވާ ގޮތުން، ތިން އިންސްޓޯލްމަންޓެއްގެ ދަށުން، އެޗްޑީސީ އިން 20 މިލިއަން ޑޮލަރު (309 މިލިއަން ރުފިޔާ) އެޑްވާންސްގެ ގޮތުގައި ސީއެމްސީސީ އަށް ދޭން ޖެހެއެވެ.

 

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ އެއްބަސްވުމުގައިވާގޮތުން 20 ހެކްޓަރު ބިން 99 އަހަރަށް ސީއެމްސީއަށް ލިބޭކަމަށެވެ. އެގޮތުން ހުޅުމާލެއިން 10 ހެކްޓަރު އަދި ތިލަފުށިން ހިއްކާ 9.6 ހެކްޓަރުގެ ބިން ލިބެއެވެ. އަދި މި ބިންތައްވެސް ދީފައިވަނީ އެންމެ މުހިންމު ސަރަޙައްދުތަކުން ކަމަށާއި، ތިލަފުށިންވެސް ބިން ދީފައިވަނީ ވިޔަފާރި ބަނދަރުގެ މަސައްކަތް ހިމެނޭ ސަރަޙައްދުން ކަމަށެވެ. އަދި ހުޅުމާލޭއިންވެސް ބިން ދީފައިވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ޚިދުމަތްތައް ޤާއިމުކިރެވޭނެ ސަރަޙައްދަކުން ކަމަށް ފަޒުލް ވިދާޅުވިއެވެ.

ކޮމެންޓް
ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.