ADVERTISEMENT

އިމްރާން ޚާންގެ ދެކަނބަލުންގެ މައްޗަށް ޚިޔާނާތުގެ ކުށުގައި އިއްވާފައިވާ 14 އަަހަރުގެ ޖަލު ހުކުމް ފަސްކޮށްފި

02 އޭޕްރިލް 2024

ގަވާއިދާ ހިލާފަށް ދައުލަތުގެ ހަދިޔާތަކެއް ވިއްކުމާ ގުޅޭ މައްސަލައެއްގައި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ދެކަނބަލުންގެ ޖަލު ހުކުމް ޕާކިސްތާނުގެ މަތީ މަރުހަލާ ކޯޓަކުން ސަސްޕެންޑްކޮށްފި އެވެ.

މި މައްސަލައިގައި ޚާން އާއި އޭނާގެ އަންހެނުން ބުޝްރާ ބީބީ އަށް 14 އަހަރުގެ ހުކުމެއް އިއްވާފައި ވަނީ ޖެނުއަރީ 31 ވަނަ ދުވަހުއެވެ.

އިސްލާމްއާބާދު ހައިކޯޓުން ބުނެފައިވާ ގޮތުގައި 10 ދުވަސް ފަހުން ފެށޭ އީދު ބަންދަށް ފަހު މައްސަލައާ މެދު ގޮތެއް ނިންމަންދެން އެ ދެމަފިރިންގެ ހުކުމް މެދުކަނޑާލާނެ ކަމަށެވެ.

 

އުމުރުން 71 އަހަރުގެ ޚާންގެ މައްޗަށް ތުހުމަތު ކުރެވެނީ 2018 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ބޮޑުވަޒީރުކަމުގައި ހުންނެވިއިރު ލިބުނު 140 މިލިއަން ރުފިޔާއަށް ވުރެ ގިނަ ޑޮލަރުގެ ދައުލަތުގެ ހަދިޔާތައް ވިއްކުމުގެ މައްޗަށް ބިނާކޮށް އެސެޓްތައް ހާމަނުކުރާ ކަމަށެވެ.

 

އިމްރާންގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ގިނަ ދައުވާތަކެއް ކޮށްފައެވެ. އިމްރާންޚާންގެ މައްޗަށް 10 އަހަރުގެ ހުކުމެއް މީގެކުރިން ކޮށްފައިވަނީ އޭނާގެ ވެރިކަމުގައި ދައުލަތުގެ ސިއްރު ލިޔުންތަކެއް ލީކުކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއްގައެވެ. މީގެއިތުރުންވެސް އެތައް މައްސަލަތަކެއްގެ ދައުވާ އިމްރާންޚާންގެ މައްޗަށް ދައުލަތުންވަނީ އުފުލާފައެވެ.

 

ކޮރަޕްޝަންގެ ކުށް ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއް ވެސް އިމްރާންގެ މައްޗަށް ވަނީ އިއްވައިފައެވެ. އެ ހުކުމާ އެކު ޕާކިސްތާނުގެ އާންމު އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ވެސް އިމްރާނަށް ވަނީ ގެއްލިފައެވެ. މީގެއިތުރުން، އިމްރާން ޚާންގެ ދެކަނބަލުންގެ ކައިވެނި ސައްހަ ނޫން ކަމަށް ކަނޑައަޅައި އެ ދެމީހުންނަށް އިތުރު ހަތް އަހަރުގެ ޖަލު ހުކުމެއް ވެސް ވަނީ އިއްވާފައެވެ.

 

އެ ޖަލު ހުކުމުތަކަކީ އިމްރާންގެ ސިޔާސީ މަސައްކަތް ހުއްޓުވަން އަސްކަރިއްޔާ އަޑީގައި އޮވެގެން ކުރުވާ ކަންތައްތަކެއް ކަމަށް އޭނާއާއި އޭނާ ނިސްބަތްވާ ޕާކިސްތާން ތަހްރީކް އިންސާފްއިން ތުހުމަތުކުރެއެވެ.

 

 

ކޮމެންޓް
ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.