ADVERTISEMENT

ތުރުކީގެ ލޯކަލް އިންތިޙާބުގައި ސީއެޗްޕީއިން އޭކޭޕީގެ މައްޗަށް ކުރި ހޯދައިފި

02 އޭޕްރިލް 2024

ތުރުކީގައި އާދިއްތަދަވަހު ބޭއްވި ލޯކަލް އިންތިހާބުގައި ބޮޑު ތަފާތާކުން އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) އިން ރައީސް ރަޖަބް ތައްޔިބް އުރުދުގާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ (އޭކޭޕީ) ބަލިކޮށްފިއެވެ.

 

އުރުދުގާން ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީއަށް ލިބުނު ބަލި ގަބޫލުކޮށް އެ ވޯޓަކީ ”އެނބުރުމުގެ ނިޝާނެއް“ ކަމަށް ވިދާޅުވިއެވެ. ”މިއީ އަހަރެމެންގެ ނިމުން ނޫން“ ކަމަށާއި އެކަމަކު މިއީ ބަދަލެއްގެ ފެށުން ކަމަށް ވިދާޅުވި އެވެ. އުރުގާން ވިދާޅުވި ގޮތުގައި އިންތިހާބުގެ ކަންކަން ދިޔައީ އުންމީދުކުރެއްވި ގޮތަކަށް ނޫނެވެ.

 

މިއީ މިދިޔަ 21 އޭނާއަށް ސިޔާސީ ގޮތުން ލިބުނު ބޮޑު ނާކާމިޔާބީއެކެވެ. މިއީ އުރުދުގާން ވެރިކަމަށް ހަވާލުވިފަހުން  މުޅި ގައުމުން މިހާ ދަށް ނަތީޖާއެއް އޭކޭޕީ އަށް ލިބުނު ފަހަރެވެ.

 

ކާމިޔާބު ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ލީޑަރު އިކްރާމް އިމާމްގްލޫ ވިދާޅުވީ ”މާދަމާއަކީ އަޅުގަނޑުމެންގެ ޤައުމަށް އާ ބަހާރު ދުވަހެއް.”ކަމަށެވެ. އޭނާ އަކީ ރައީސްކަމުގެ މަގާމަށް ތިން ވަނަ ދައުރަކަށް އުރުދުގާން އިންތިހާބުކުރުމާ އެކު އެ ސިޓީގެ މޭޔަރުކަން ހޯދައި ކަންކަން ބަދަލުކުރުމަށް މަސައްކަތް ކުރާނެ ކަމަށް ބުނި ބޭފުޅެކެވެ.

 

އިސްތަންބޫލް ސިޓީގެ މައި މަރުކަޒުގެ ބޭރުގައި ހުރި މައިދާނުގައި ގިނަ ބަޔަކު އެއްވެ ތުރުކީގެ ދިދަތައް އުފުލާލައި، ޓޯޗުތައް އަޅަމުން ދިޔައީ ނަތީޖާ ފާހަގަކުރުމަށެވެ. ސީއެޗްޕީން ވެސް ވެރިރަށް ހިފެހެއްޓިއިރު މޭޔަރު މަންސޫރު ޔަވާސް ވިދާޅުވީ ”އިންތިހާބު ނިމިއްޖެ، އަޅުގަނޑުމެން އަންކާރާއަށް ހިދުމަތް ކުރަމުން ގެންދާނަން“ ކަމަށެވެ.

 

ތުރުކީގެ ނޫހެއްގައި ވާގޮތުން، މިސްޓަރ ޔަވާސް ކުރީގައި ހުންނެވީ 58.6 ޕަސެންޓް ވޯޓު ހޯދައިގެން އޭނާއާ ވާދަކުރި އޭކޭޕީގެ ވޯޓު ފޮށިތަކުގެ 46.4 ޕަސެންޓް ވޯޓު ފޮށިތައް ހުޅުވާލުމުން 33.5 ޕަސެންޓް ވޯޓު ލިބިގެންނެެވެ. ތުރުކީގެ ތިންވަނަ ސިޓީ އަދި ޕާޓީގެ ވަރުގަދަ ތަނެއް ކަމަށްވާ އިޒްމީރުގައި ވެސް ސީއެޗްޕީ ކުރީގައި އޮތެވެ. ލޯކަލް އިންތިހާބުގައި 61 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނެވެ.

 

މިސްޓަރ އިމާމޮގްލޫ އާއި މިސްޓަރ ޔަވާސް އަކީ ވެސް ޕްރޯ ސެކިއުލަރ ނޭޝަނަލިސްޓް ރިޕަބްލިކަން ޕީޕަލްސް ޕާޓީ ނުވަތަ ސީއެޗްޕީގެ މެންބަރުންނެވެ. އުރުދުޣާންގެ އޭކޭޕީއަށް ދެ ސިޓީގެ ކޮންޓްރޯލް ގެއްލުނީ 2019 ވަނަ އަހަރު އެގައުމުގެ ހަނގުރާމަވެރި އިދިކޮޅު ފަރާތްތަކަށް ލިބުނު ހައިރާންކުރުވަނިވި ކާމިޔާބީއަކުންނެވެ.

 

މި ވޯޓު ނަގަމުން ދިޔައީ އަހަރުތަކެއް ވަންދެން އިގްތިސާދީ ގޮތުން ކުރިމަތިވި ކަނު އަނދިރިއަކަށް ފަހު، އެގައުމަށް 70 ޕަސެންޓް އިންފްލޭޝަން ކުރިމަތިވެ، ސިނާއީ އުފެއްދުންތެރިކަން ދަށްވެފައިވަނިކޮށެވެ. އެކަމަކު ފާއިތުވި މަސްތަކުގައި އިގްތިސާދު އެނބުރި އައިސްފައިވަނީ ކުޑަ ކުރިއެރުމަކަށް ކަމަށާއި ޒުވާނުންގެ ވަޒީފާ ނެތް މީހުންގެ އަދަދު މިދިޔަ އަހަރު ޕަސެންޓް ޕޮއިންޓަކުން ނުވަ ޕަސެންޓަށް ވެއްޓިފައިވާއިރު، މިއީ ޔޫރަޕްގެ ގިނަ ގައުމުތަކަށް ވުރެ މާ ދަށް އަދަދެކެވެ.

ކޮމެންޓް




ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.