ADVERTISEMENT

ބަންކަރިން މެޕުގައި ދިވެހިރާއްޖެ ހިމަނައިފި

03 އޭޕްރިލް 2024

ބަންކަރިންގެ ހިދުމަތަށް ޚާއްސަ ކޮށްގެން ތައްޔާރު ކޮއްފައިވާ ޚާއްސަ މެޕުގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.

 

ބަންކަރިންގެ ޚާއްސަ މިމެޕަށް ރާއްޖެ ހިމެނިފައިވަނީ މޯލްޑިވްސް އެކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން ބައިނަލްއަގުވާމީ ބަންކަރިން ފެސިލިޓީއެއް ގާއިމުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނިކޮށެވެ.

 

https://x.com/em_saeed/status/1775208791547809860?s=46

 

ވައިޓަލް ބަންކާސް މެޕުގައި ދިވެހިރާއްޖެ ލިސްޓުގައި ހިމެނިފައިވާތަން ހާމަވާގޮތަށް އެކްސް ގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަންކަރިންގެ މެޕުގައި ދިވެހިރާއްޖެ ހިމެނިފައިވާ ކަމަށެވެ.

 

މީގެ އިތުރުން މިދިޔަ މާރޗް މަހުގެ 13 ވަނަ ދުވަހު ވަނީ ބައިނަލްއަގުވާމީ ބަންކަރިން ފެސިލިޓީއެއް ގާއިމުކުރުމަށްޓަކައި އެސްޓީއޯއާއި އަދި ވިޓޯލް ގުރޫޕާއި ދެމެދު ޓާރމް ޝީޓްގައި ސޮއިކޮށްފައެވެ. އެރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އެބަސްވުމުގައި އެސްޓީއޯގެ ފަރާތުން އެމްޑީ ޝިމާދު އިބްރާހިމް ސޮއިކުރެއްވިއިރު، ވިޓޯލްގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ޑިރެކްޓަރު ޖޭ ކަމަށް ބުނެފައިވެއެވެ.

 

ރާއްޖޭގައި ބަންކަރިން ފެސިލިޓީ ގާއިމު ކުރުމުން ބޭރުންދާ ބޮޑެތި ބޯޓުފަހަރުތަކަށް ފެސިލިޓީން ތެޔޮ އެޅުމުގެ ނިޒާމު ހަމަޖެހޭނެއެވެ. އިހަވަންދިއްޕޮޅުގައި މި ސަރުކާރުން ޤާއިމްކުރުމަށް ނިންމާފައިވާ ޚާއްސަ އިޤުތިޞާދީ މަޝްރޫޢު ކުރިއަށްގެންދަނީ ”މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ“ގެ ނަމުގައެވެ. މި މަޝްރޫޢު ހިންގަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ނަމުގައި ކުންފުންޏެއް އުފައްދައިގެން، އެ ކުންފުނީގެ ބެލުމުގެ ދަށުންނެވެ. މި ކުންފުނީގެ ދަށުގައި ސަރުކާރު ހިއްސާވާ 5 ކުންފުންޏެއް ހިމެނެއެވެ.

 

2023 ވަނަ އަހަރުގެ އޮގަސްޓު މަހުވެސް އެސްޓީއޯއިން ބަންކަރިން ޕްރޮޖެކްޓު ކުރިޔަށް ގެންދަން ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިންއާ އެކީ އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެއެވެ.

ކޮމެންޓް




ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.