ADVERTISEMENT

ފިތުރު ޒަކާތް ބަލައިގަންނަ ސުންގަޑިތައް އާންމުކޮށްފި


ފިތުރު ޒަކާތް ބަލައިގަންނަ ސުންގަޑިތައް އާންމުކޮށްފިއެވެ.

 

މޯލްޑިވްސް ޒަކާތު ހައުސް އިން ބުނީ 1445 ވަނަ އަހަރު ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑިތަކަކީ، ބަނޑޭރިޕޭ ފިޔަވައި އެހެން ޕްލެޓްފޯމްތަކުން 6 އެޕްރީލް ރޭގަނޑު 11:59 ގައި ކަމަށެވެ. ބަނޑޭތި ޕޭއިން ފިތުރު ޒަކާތް ބަލައިގަންނާނީ ރަމަޟާން މަހުގެ ފަހު ދުވަހުގެ ހަވީރު 6:00 އާއި ހަމައަށް ކަމަށެވެ.

 

 

މީގެ އިތުރުން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ހޯލުގައި ބެހެއްޓިފައިވާ ކައުންޓަރުތަކުން ރަމަޟާން މަހުގެ ފަހު ދުވަހުގެ މެންދުރު 2:00 ގައެވެ. އަދި ގޮވާމުން ފިތުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ފަހު ދުވަހުގެ ހަވީރު 6:00 އަށެވެ.

 

ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ލިބުނު ފިޠުރުޒަކާތުގެ ތަފާސް ހިސާބަށް ބަލާއިރު، 1.5 މިލިއަން ރުފިޔާ ވަނީ ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައެވެ.

ކޮމެންޓް
ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.