ADVERTISEMENT

ޓައިވާނަށް 7.5 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފި


1999 ވަނަ އަހަރުގެ ފަހުން ޓައިވާނަށް އައި އެންމެ ބާރުގަދަ ބިންހެލުން ރިޕޯޓްކޮށްފިއެވެ.

 

އަލްޖަޒީރާގައި ބުނެފައިވަނީ މި ބިންހެލުން އައިސްފައިވަނީ ރެކްޓަރމިންގަނޑުން 7.5 މެގްނިޓިއުޑްގެ ބާރުމިނުގައި މިއަދު ހެނދުނު ކަމަށެވެ. ޓައިވާނުގެ ރަސްމީ ސެންޓްރަލް ނިއުސް އެޖެންސީން ސިފަކުރާ ގޮތުގައި މި ބިންހެލުމަކީ 1999 ވަނަ އަހަރު އައި 7.6 މެގްނިޓިއުޑްގެ ބިންހެލުމުގައި ގާތްގަނޑަކަށް 2،400 މީހުން މަރުވި ފަހުން އައި އެފަދަ ބާރުގަދަ ބިންހެލުން ކަމަށެވެ.

 

މިހާތަނަށް މި ބިންހެލުމާއި ގުޅިގެން 4 މީހަކު މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައިވީނަމަވެސް، ވެއްޓުނު އިމާރާތްތަކުގެ ދަށުގައި އިތުރު ބަޔަކު މަރުވެފައި ތިބެދާނެކަމަށް ޓައިވާނުގެ ކަމާއިބެހޭ ފަރާތްތަކާއި ހަވާލާދީ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. އަދި މިހާތަނަށް 50 މީހަކު ޒަހަމްވެފައިވާކަމަށް އަލްޖަޒީރާގައި ވަނީ ރިޕޯޓްކޮށްފައެވެ.

 

ޓައިވާނުގެ ރައީސް ސައި އިންގް-ވެން ވިދާޅުވީ ބިންހެލުމާއި ގުޅިގެން މީހުންނާއި މުދާ ސަލާމަތްކޮށް، ރިކަވަރީ ކުރުމުގައި އެހީތެރިވުމަށް ސިފައިން ހަރަކާތްތެރިވާނެ ކަމަށެވެ. ސަރުކާރުން ވަނީ ހުއާލިއަންގައި ޑިޒާސްޓާ ރެސްޕޮންސް ސެންޓަރެއް ވެސް ގާއިމްކޮށްފައެވެ.

 

ޓައިވާނުގައި 26 އިމާރާތެއް ވެއްޓިފައިވާއިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ އިމާރާތްތައް ވެއްޓިފައިވަނީ ހުއާލިއަން ކައުންޓީގައެވެ. އާބާދީ މަދު ނަމަވެސް މައި ސިޓީއަކީ ލައްކައަކަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ސަރަހައްދެކެވެ.

ކޮމެންޓް




ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.