ADVERTISEMENT

”ހަސަން ކުރުސީ“ އެކައުންޓް އަނެއްކާ ވެސް ސަސްޕެންޑް ކޮށްފި

03 އޭޕްރިލް 2024

ކާކުކަން ނޭނގޭ ގޮތަށް މީހުންގެ މެދުގައި ނަފުރަތު އުފައްދާ ގޮތަށް ހިންގާ ”ހަސަން ކުރުސީ“ އެކައުންޓު އެކްސްއިން އެނެއްކާ ވެސް ސަސްޕެންޑުކޮށްފިއެވެ.

 

ކުރުސީގެ ނަމުގައި ހިންގާ މި އެކްއުންޓް ސަސްޕެންޑް ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

 

އެކްސްއިން ފެންނަ ގޮތުގައި މި އެކްއުންޓް ސަސްޕެންޓް ކޮށްފައިވަނީ އެކްސްގެ ގަވާއިދާ ހިލާފުވެގެންނެވެ. މީގެކުރިން ވެސް، އެ ސަބަބާއި ހުރެ މި އެކައުންޓް ސަސްޕެންޑް ކޮށްފައިވެއެވެ. އެހެންނަމަވެސް، ދުވަސްކޮޅަކަށް ފަހު ސަސްޕެންޝަން އުވާލިއެވެ.

 

29،000 އަށް ވުރެ ގިނަ މީހުން ފޮލޯކުރާ ހަސަން ކުރުސީއަކީ އެކްސްގައި އެންމެ މަގުބޫލު އެއް އެކައުންޓެވެ. އެހެންނަމަވެސް، އެ އެކައުންޓް ހިންގާ ފަރާތެއް އަދިވެސް އެނގިފައެއްނުވެއެވެ. މި އެކައުންޓް ހިންގާ ފަރާތެއް ބެލުމަށް ފުލުހުންގެ މައްޗަށް ކޯޓުން އަމުރެއްވެސް މީގެކުރިން ނެރުނެވެ.

 

އެގޮތުން، އެ އެކައުންޓު އިއްޔެ ސަސްޕެންޑު ކޮށްފައިވާއިރު އެ އެކައުންޓް ހިންގުމުގެ ފަހަތުގައިވާ މީހަކު ހޯދަން ފުލުހުން މީގެ ކުރިން ވެސް މަސައްކަތް ކުރިއެވެ. ކުރުސީ އެކައުންޓުން ގެންދަނީ ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އެ ނޫން ވެސް ސިޔާސީ ބޭބޭފުޅުންނާ ޒާތީ ގޮތުން ޖައްސާލާ ބޮޑެތި ތުހުމަތުތައް ކުރަމުންނެވެ.

 

މީގެ ކުރިން އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިންގާ އެކައުންޓެއް ކަމަށް ބޮޑެތި ތުހުމަތުތަކެއް ކުރެވުނެވެ. އަދި، އެ މައްސަލަ ބޮޑުވެ، އަދި، ހަސަން ކުރުސީއަކީ ކާކުތޯ ބަލައިދިނުމަށް ނަޝީދުވެސް ފުލުހުގައި އެދުނެވެ. އަދި އެއީ ކާކުކަން ދެނެގަތުމަށް ފުލުހުން ތަހުގީގެއް ވެސް ފެށިއެވެ. އެކަމަކު، އެ މައްސަލަ ވެސް ކޮޅެއްގައި ޖެހިފައެއް ނުވެއެވެ.

 

މިފަހުންވެސް ކުރުސީގެ އެކްއުންޓުން ދިޔައީ ސަރުކާރުގެ އިސް ބޭފުޅުންނަށް ފާޑުކިޔާ ބޮޑެތި ތުހުމަތުތަށް ކުރަމުންނެވެ.

ކޮމެންޓް




ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.