ADVERTISEMENT

ކުޅިވަރުގެ ގިނަ ޕްރޮޖެކްޓް ތަކެއް މިހާރުވެސް ކުރިއަށް ދާނެ – ރައިސް

04 އޭޕްރިލް 2024

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްޕޯޓަސް އެރީނާތަކާއި ކޯޓުތައް ހެދުމުގެ މަސައްކަތް މިއަހަރުތެރޭގައި ކުރިއަށް ދާނެ ކަމަށާއި އަދި މިހާރުވެސް އަމަލީގޮތުން ބައެއް ޕްރޮޖެކްޓުތަށް ކުރިއަށް ދާކަމަށް ރައިސް ޑރ. މުހައްމަދު މުއިޒް ވިދާޅުވެއްޖެއެވެ.

 

ނ.މާޅެންދޫ، ލައިފްހާޓް، މުޙައްމަދު ނިޝާމް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސްޕޯޓްސް އެރީނާތައް ޤާއިމުކުރެއްވުމުގެ ވަޢުދާ ގުޅޭގޮތުން ދެންނެވި ސުވާލަށް ރައިސް ޑރ. މުއިޒް ވިދާޅުވީ ކުޅިވަރުގެ ދާއިރާއަކީ މި ސަރުކާރުން ވަރަށް އިސްކަމެއްދޭ ދާއިރާއެއްގެގޮތުގައެވެ.

 

”އެއީ ފަރުވާގެ ގޮތުން ވިޔަސް، ތަމްރީނުގެ ގޮތުން ވިޔަސް، އެކަންކަން ކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު ސިޔާސަތެއް“. ރައީސް ވިދާޅުވިއެވެ.

 

ރައީސް ވިދާޅުވީ، ކުޅިވަރު ކުޅޭ އެކިއެކި ވަސީލަތްތައް ގާއިމްކޮށްދިނުމާއި، ކުޅިވަރު ކުޅޭ އެކި ކަހަލަ ފަރާތްތަކަށް އެކި ކަހަލަ ކަންތައްތައް ފަހިކޮށްދިނުން އެއީ މި ސަރުކާރުގެ ވަރަށް ބޮޑު ސިޔާސަތެއް ކަަމަށެވެ. އެގޮތުން ކުޅިވަރަށް ޚާއްސަ ވުޒާރާއެއް އުފެއްދި ބޭނުމަކީ ކުޅިވަރު ކުޅޭ ފަރާތްތަކަށް ކަންކަން ފަހިކޮށްދިނުންކަމުގައެވެ.

 

މިހާރުވެސް އެކި ރައްތަކުގައި ގިނަ ޕްރޮޖެކްޓްތަށް އަމަލީ ގޮތުން ހިނގަމުންދެއެވެ. އަދި މިއަހަރުތެރޭގައި ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް ދާނެ ކަަމަށްވެސް ރައިސް ވިދާޅުވިއެވެ. އެގޮތުން އަންހެން ބޭފުޅުންނަށް ޚާއްސަ ކޯޓް ތަކާއި އިނޑޯރ އަދި އައުޓްޑޯ ކޯޓުތަށް އެޅިގެން ދާނެވާހަކަ ރައިސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް




ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.