ކެރަލާގައި ނުރައްކާތެރި ބައްޔެއް ފެތުރުން - ފޮޓޯ: ގެޓީ އިމޭޭޖްސް

އިންޑިއާގެ ކެރަލާގައި ނުރައްކާތެރި ބައްޔެއް ފެތުރެެމުންދާތީ ދިވެހިން ސަމާލުވާން އެދެފި

އަލީ ޝާހީން
13 Jul 2024
ހަބަރު

ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއްކަމަށްވާ "ބްރެއިން އީޓިން އެމީބާ އިންފެކްޝަން" އިންޑިއާގެ ކެރެލާގައި ފެތުރެމުންދާތީ، އެ ސިޓީގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އެދެފިއެވެ. 

ކެރެލާގައި މި ނުރައްކާތެރި ބަލި ފެތުރެމުންދާތި އިންޑިއާގައި ހުންނަ ދިވެހި ރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން ނެރުއްވި ބަޔާނެއްގައި ބުނީ ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއްކަމަށްވާ "ބްރެއިން އީޓިން އެމީބާ އިންފެކްޝަން" ފެތުރެމުންދާކަމަށާއި އަދި ކެރެލާގައި ދިރިއުޅޭ ރައްޔިތުން އެކަމަށް ސަމާލުވުމަށް ކެރެލާގެ ސިއްހަތާ ބެހޭ ވުޒާރާތަކުން އިލްތިމާސްކޮށްފައިވާ ކަމަށެވެ.

ސިއްހަތާއި ބެހޭ ވުޒާރާތަކުން ހާމަކުރެއްވިގޮތުގައި މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ފިޓް ޖެހުމާއި ބޮލުގައި ރިއްސުމާއި ހުން އައުމާއި ހޮޑުލުމާއި ކަނދުރާގެ ނާރު އެރުމާއި ވާނުވާ ނޭނގުން ހިމެނޭކަމަށެވެ. އަދި މިފަދަ އަލާމަތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ވަނީ އަންގައިފައެވެ.

ރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން ނެރުނު އިއުލާނުގައި ބުނީ ސިކުނޑިއަށް ޖެހޭ "ބްރެއިން އީޓިން އެމީބާ އިންފެކްޝަން" އެ ބައްޔަކީ ކަންފަތުން ނުވަތަ ނޭފަތުން ހަށިގަނޑު ތެރެއަށްދާ ޖަރާސީމަކަށްވާތީ ކޯރާއި ސްވިމިން ޕޫލް ފަދަ ތަންތަނަށް އެރުން ރައްކާތެރި ނޫން ކަމަށެވެ. އަދި އެފަދަ ތަންތަނަށް އެރޭނަމަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ކަންފަތާއި ނޭފަތަށް ފެން ނޭޅޭގޮތަށް އިޔާބަޑް އަދި ނޭސަލް ކްލިބް ފަދަ ތަކެތި ބޭނުންކުރުމަށްވެސް އިލްތިމާސް ކޮށްފައިވެއެވެ. 

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު