ރިޕޯޓް
މިއަދަކީ ދުނިޔޭގެ ހިތުގެ ދުވަސް
ކޮންމެ އަހަރެއްގެ 29 ސެޕްޓެންބަރަކީ ދުނިޔޭގެ ހިތުގެ ބަލީގެ ދުވަހުގެގޮތުގައި ފާހަގަ ކުރަމުންދާ ދުވަހެކެވެ. މި ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަޤްޞަދަކީ ހިތުގެ ދުޅަހެޔޮކަމާބެހޭ ގޮތުން ޢާންމުން ހޭލުންތެރިކޮށް، ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ދިރިއުޅުން ބައްޓަން ކުރާނެ ގޮތާއި ހިތުގެ ބަލިތަކުގެ ނުރައްކާ ޢާންމުންނަށް އަންގާ ޢާންމުން ހޭލުންތެރި ކުރުމެވެ.
29 Sep 2024
ރިޕޯޓް
ޤައުމީ ދުވަސް ފާގަހަކުރަން އެންމެ މުނާސަބު ދުވަހަކީ ހަމަ ޤައުމީ ދުވަހެވެ
ޤައުމީ ދުވަހަކީ ކޮންމެ ޤައުމެއްގެ ޙަޔާތުގައި ވެސް ބައްދަލުކުރާ އެންމެ މުހިންމު ދުވަހެވެ. ދިވެހިރާއްޖޭގައި ވެސް މިކަން އޮތީ ހަމަ މިހެންނެވެ. ދިވެހީން 1 ޖަނަވަރީ 1988 ގައި ބަލައިގަތް ޤާނޫނުއަސާސީ (ނޫ ޤާނޫނުއަސާސީ) އިން ފެށިގެން ކަޅާއި ހުދުން ސާފުކޮށް ބަޔާންކޮށްފައިވާ ހަމައެކަނި ދުވަހަކީ ޤައުމީ ދުވަހެވެ. ޤާނޫނުއަސާސީގެ 15 ވަނަ މާއްދާގައި ވަނީ "ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ރަބީޢުލްއައްވަލް މަހުގެ އެއްވަނަ ދުވަހެވެ". މިކަމުން އެކަނިވެސް ޤައުމީ ދުވަހުގެ ހައިބަތާއި ޤަދަރު ކިތައްމެހާވެސް ރަނގަޅަށް ސާފުވެއެވެ. އެހެނީ، ޤައުމީ ދުވަސް ރަމްޒު ކޮށްދެނީ ޤައުމަށްޓަކައި ފުރާނައިން ޤުރްބާންވެވަޑައިގެންނެވި ހިތްވަރު ގަދަ ބަޠަލުންގެ އަގު މާތްވި ޖިހާދެވެ. ކިޔައިދެނީ އުފަން ވަޒަނުގެ ޙައްޤުގައި ޖާނާއި މާލުން ފިދާވެވަޑައިގެންނެވި ލޮބުވެތި ކާބަފައިންގެ މަތިވެރި ޤުރްބާނީއެވެ. އަދި ހަނދާންކޮށްދެނީ އެންމެ ލޯބިވާ މައިވަންތަ ޤައުމު ކޮޅަށް ޖައްސަވައި ނެގެހެއްޓެވުމަށްޓަކައި ޤައުމުގެ ދަރީން ތާއަބަދު ކުރައްވަމުންގެންދަވާ މިންނެތް ޚިދުމަތުގެ މަތިންނެވެ.
04 Sep 2024
ރިޕޯޓް
ޢާއިލާ ބިނާކުރުމުގައި މާމަ ކާފަގެ ހިއްސާ މުހިންމު
މިއަދަކީ އެދުވަސްކަމުން މާމާ ކާފައިންގެ މުހިންމު ކަމާއި، މާމާ ކާފައިންނާއި ގުޅުން އުފެއްދުމުގެ މުހިންމުކަމާއި، ޢާއިލާ ތެރޭގައި މާމާކާފައިން އަދާކުރާ ހިއްސާއަށް ބަލާލުމަކީ މުހިންމު ކަމެކެވެ.
01 Sep 2024
ރިޕޯޓް
ފާނައިގެ ޙަޔާތުގެ ބުރާއި ފާނައިގެ ޚާއްޞަ ސިފަތައް
ފާނައަކީ އައިން ހަދައިގެން އުޅޭ މަހެއް ނޫނެވެ. އެހެންނަމަވެސް، ފާނައިގެ ގިނަ ބާވަތްތައް ބިސްދޫކުރުމަށް އެއް ސަރަޙައްދަކަށް ޖަމާވެ އުޅެއެވެ. މިގޮތަށް ޖަމާވާ ޖަމާވުންތަކުގެ ސައިޒް ފާނައިގެ އެކި ބާވަތްތަކުގެ މެދުގައި ތަފާތެވެ. އަދި ފާނައިގެ ބައެއް ބާވަތްތައް އަބަދުވެސް ޖަމާވަނީ އެއް ސަރަޙައްދަކަށެވެ.
27 Aug 2024
ރިޕޯޓް
ކުރީގެ ލިއުން
"ކަރުނައިގައި ލޯ ފުރޭ މީ"
މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާޤީ މައްސަލަތަކެއް ކުރީގެ ޓުއަރިޒަމް މިނިސްޓްރީގައި ހިނގައިގެން އުޅޭކަމުގެ ބިރުވެރި އަޑާއެކު ފުރަބަންދުގައި އޮތް ޤައުމު ހޭލައްވާލިއެވެ. އެ ހައްސާސް ޚަބަރު ޤަބޫލުކުރައްވަން ދަތިފުޅުވި ރައްޔިތުން ހާސްކަމެއްގެ ތެރެއަށް ވެއްޓުނީ، އެކަމުގެ ޝަކުވާ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި، ޖެންޑަރ މިނިސްޓްރީއަށްވެސް ހުށަހެޅުއްވި ހިސާބުންނެވެ. އެކަމާ ގުޅިގެން އޭރު ހުންނެވި ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު މަޤާމުން ޢިސްތިއުފާ ދެއްވުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެންގެވުން ވެގެންދިޔައީ ކޯވިޑް-19 ގެ ބިރުވެރިކަން ތަހައްމަލު ކުރައްވަންޖެހިފައި ތިއްބެވި ދިވެހި ރައްޔިތުން ނަފްސާނީ ގޮތުން ބަލިކަށިކޮށްލި ޚަބަރަކަށެވެ. އެ ހޫނުކަމާއެކު ދެން އިވުނީ ޢަލީ ވަޙީދު މަޤާމުން ވަކިކުރެއްވި ވާހަކައެވެ.
25 Aug 2024
ރިޕޯޓް
ފާއިތުވި 9 މަސް: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކުރުމާއި ވަޒީފާގެ ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ކާމިޔާބު ގިނަ މަސައްކަތްތަކެއް!
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގައި ވީހާވެސް ފުޅާ ގޮތެއްގައި މިކަން ކުރުމުގެ މަގުސަދުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކާއިއެކު ފަހުމުނާމާއެއްގެ ދަށުން ދަނީ މަސައްކަތް ކުރެވުމުންނެވެ. މިގޮތުން މިއަހަރުގެ ތެރޭގައި 03 ތަނަކާއި (ހިލްޓަން ރިސޯޓްސް އިން މޯލްޑިވްސް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން) އެކު ސޮއިކުރެވި، އިންޓާރންޝިޕް ފުރުޞަތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަނީ ފަހިކޮށްދެވިފައިއެވެ.
22 Aug 2024
ރިޕޯޓް
ފާއިތުވި 9 މަސް: "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމާއި އެކު ޕްރިވެންޝަން ސެކްޝަނުން ގިނަ މަސައްކަތްތަކެއް!
ޕްރިވެންޝަން ޑިޕާޓްމަންޓުން ކުރެވުނު މަސައްކަތުގެ ތެރެއިން ވަނީ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް ފަށާފައެވެ. ރާއްޖޭގެ އާބާދީގެ ތިބި ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކާއި އަނިޔާ ތަހައްމަލު ކުރާ ފަރާތްތަކާއި ހައްޤުތަކުން މަހުރޫމްފެވަފައިވާ ފަރާތްތަކާއި ދައުލަތުގެ ހާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ބޭނުންވާ އެންމެންގެ މައުލޫމާތު އެއްވިއުގައެއްގެ ތެރެއިން ބެލެހެއްޓުމަށާއި އެއްވެސް ފަރުދެއް ބާކީ ނުވާނެހެން ދުރާލާ މިފަރާތްތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމްއެއް މިއަހަރުގެ ނިޔަލަށް ގާއިމް ކުރުމުށްޓަކައި މިހާރު ވަނީ މަސައްކަތް ފަށާފައެވެ.
22 Aug 2024
ރިޕޯޓް
މިންތީގެ ހަމަހަމަކަން ޤާއިމްކުރުމާއި އަންހެނުން ބާރުވެރި ކުރުވުމަށް ކާމިޔާބު މަސައްކަތްތަކެއް
އަންހެނުން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމަށް، ޕީ.ޖީ1.ގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ކޮންސަލްޓެންޓްގެ ދަށުން ކުރަމުން އައި މަސައްކަތްތައް ނިމި ރޯލްއައުޓް ޕްލޭންތައް އެކުލަވާލާ ކޮންސެޕްޓް ނޯޓްތައް ތައްޔާރުކޮށް ވަނީ ނިމިފައެވެ.
22 Aug 2024
ރިޕޯޓް
އިިލެކްޓްރޯނިކް ގަވަރމަންޓް ޕްރޮކިއުމަންޓް (އީ-ޖީޕީ) ސިސްޓަމް އަކީ ކޮބާ؟
މި ނިޒާމް ގާއިމްކުރުމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ޕްރޮކިއުމަންޓް ހަރަކާތްތަކުގެ ޓްރާންސްޕޭރެންސީ، އެފިޝަންސީ އަދި ކޮސްޓް އިފެކްޓިވްކަން އިތުރުކުރުމެވެ. މި ފެށުނު މަސައްކަތް ރަމްޒުކޮށްދެނީ ޕްރޮކިއުމަންޓް ޕްރޮސެސްތައް ޒަމާނީކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
22 Aug 2024
ރިޕޯޓް
އާމްސް ޓްރޭޑް ޓްރީޓީ (އޭ.ޓީ.ޓީ.) ކޮންވެންޝަނަކީ ކޮބާ؟
މި މުއާހަދާއަށް އަމަލުކުރަން ފަށާފައިވަނީ 24 ޑިސެމްބަރ 2014 ގައެވެ. މި މުއާހަދާގައި 112 ޤައުމަކުން ބައިވެރިވެފައިވާއިރު 29 ޤައުމަކުން ވަނީ މުއާހަދާގައި ސޮއިކޮށް، ނަމަވެސް މިހާތަނަށް ތަސްދީގުކޮށްފައިނުވެއެވެ.
21 Aug 2024
ރިޕޯޓް
ވަގުތީގޮތުން ކުއްޖަކު ފޮސްޓަރކޮށްގެން ދާއިމީ އުފަލާއި ހެޔޮ ބަދަލު އެކުއްޖެއްގެ ދިރުއުޅުމަށް ގެނެސްދެވިދާނެ!
އެކި ސަބަބުތަކާއި ހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނަގައި، މަރުކަޒުގެ ހިޔާވެހިކަމުގައި އެކުދިންނަށް ދޭންޖެހޭ ހުރިހާ ޚިދުމަތެއް ފުރިހަމަޔަށް ލިބިގެން ބެލެހެއްޓުނު ނަމަވެސް، މަރުކަޒަކީ ކުދިންގެ ހެދިބޮޑުވުމާއި، ދިރިއުޅުމަށް އެންމެ އެކަށީގެންވާ ވެއްޓެއް ނޫންކަން ދިރާސާތަކުން ވަނީ ދެނިގަނެވިފައެވެ.
21 Aug 2024
ރިޕޯޓް
ޖޫރިމަނާ ނުދައްކާނަމަ ޖަލަށްލެވޭނެ
ޖިނާއީ ކުށުގެ އަސްލު އަދަބަކީ ޖަލަށްލުމެވެ. ޖޫރިމަނާ އަދަބެއް ނުވަތަ ތަފާތު އަދަބެއް ކަނޑައެޅުމަކީ އިސްތިސްނާ ޙާލަތެކެވެ. އެހެންކަމުން ކުށް ސާބިތުވުމުން ކަނޑައަޅަންޖެހޭ ޖަލު އަދަބުގެ ބަދަލުގައި ކަނޑައަޅާ ޖޫރިމަނާ ނުދެއްކުމުން ނުކުންނާނެ ނަތީޖާއަކީ، އޭނާ އެ ކުރި ކުށަށް އަދަބު ނުލިބުމެވެ. މި މައްސަލަ ޖިނާއީ ޢަދުލުގެ ނިޒާމުގައި ދަނީ ކުރިމަތިވަމުންނެވެ. ޤާނޫނުލްޢުޤޫބާތުން ދިން މި ލުއި ކުށްވެރިން ނަހަމަ ގޮތުގައި ބޭނުންކުރަނީއެވެ. އެގޮތުން ކޯޓުން ކަނޑައަޅާ މުއްދަތުގައި، ތަކުރާރުކޮށް އެންގުމުންވެސް ޖޫރިމަނާ ފައިސާ ނުދައްކަނީއެވެ.
19 Aug 2024
ރިޕޯޓް
ލޭނު މަސްވެރިކަން: އެނގެންޖެހޭ ބައެއް ކަންކަން
ކުއްލި ނުރައްކަލުގެ ޙާލަތުގައި ސަލާމަތްވުމަށްޓަކައި ކަނޑާފައިވާ ދޮރުތައް ފިޔަވައި، އުޅަނދުގައި މަސް ރައްކާކުރަން ބޭނުންކުރާ ތަނެއްގެ ނުވަތަ މެޝިނަރީ ބަހައްޓާ ތަނަކުން ސީދާ ނިދާ ކޮޓަރިއަކަށް ވަދެވޭ ގޮތަށް ދޮރު ކަނޑާފައި ހުރެގެން ނުވާނެއެވެ.
19 Aug 2024
ރިޕޯޓް
ވޭނާއި އުދާހާ ވާ މާލޭގެ މަގުތަކޭ - ފޯވޭ ހިތާމައިން ކީއްހޭ ކުރާނީ؟
ދެބައި އުމުރުން މައްޗަށް ގޮސްފައިވާ މަންމަ އާދައިގެ މަތިން، އަށެއްކަ ކިލޯގެ ބަރުދަން ހުންނަ ވަރުގެ ފޮތް ދަބަސް ކޮނޑުގައި އަޅުވާލަމުން، ލައިގެން ހުރި ހެދުމުގެ ވައަތު އަތުކުރި ތަންކޮޅެއް މައްޗަށް އަރުވާލާފައި އަތުގައި އޮތް ރީތި ގަޑިއަށް ބަލައިލިއެވެ. ދަރިފުޅު ސްކޫލަށް ދާންޖެހޭ ގަޑި ގާތްވެއްޖެއެވެ. ރަށުގައި އުޅޭއިރު ދޮރުމައްޗަށް ހުއްޓިލާފައި ބޭރަށް ބޯދިއްކޮށްލާފައި އުޑުމަތި ބަލައިލާހެން އެކަމެއް ނުކުރެވެއެވެ. ކުޑަކުޑަ ދެކޮޓަރި ހުންނަ ތަންކޮޅުގެ ތެރޭގައި ވަރަށް ދަތިކޮށް އުޅޭއިރު ދުވާލެއް ރޭގަނޑެއް ފަސޭހައިން އެނގޭނީ ކިހިނެއް ހެއްޔެވެ. އިރުގެ އަލިކަމެއް ވަންނާނެ އެއްވެސް ގޮތެއް ހުރި ތަނެއް ނޫނެވެ. ބޮކިތައް އަބަދު ބަހައްޓަންޖެހެނީ ދިއްލާފައެވެ. އަދި ދުނިޔެއަށް ޖެހޭ ވައިރޯޅިއެއްގެ އިޙުސާސްވެސް ނުވާތީ އެއާރކަންޑިޝަން ނޫނީ ފަންކާތައް އަބަދު ހުންނަނީ ޖައްސާފައެވެ.
16 Aug 2024
ރިޕޯޓް
މިއަދަކީ މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް
ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 30ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ "މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް" މިއަހަރުގެ މި ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގައި އެއްވެސް ކުޑަކުއްޖަކު އިސްތިސްނާ ނުކުރުން"
30 Jul 2024
ރިޕޯޓް
މިއަދަކީ ފުލުހުންގެ މެމޯރިއަލް ދުވަސް
މެމޯރިއަލް ދުވަހަކީ ފުލުހުންގެ ޑިއުޓީ އަދާކުރަމުން ދަނިކޮށް ނުވަތަ ޑިއުޓީ އަދާކުރުމުގެ ސަބަބުން ދިމާވާ އެކި ހާދިސާތަކާއި ކަންކަމުގައި މި ދުނިޔެއާ ވަކިވެފައިވާ ފުލުހުންގެ ހަނދާން އާކޮށް އެފުލުހުން ގައުމަށްޓަކައި ވެފައިވާ ގުރުބާނީއާއި ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.
23 Jul 2024
ރިޕޯޓް
ކަސްޓަމަރ ސާވިސްގެ މުޙިއްމުކަން
މިލިމުގައި ކަސްޓަމަރ ސާވިސްއަކީ ކޮބައިކަމާއި އެކަން މުހިންމުވާ ސަބަބާއި، ކުރިއަރަމުން އަންނަ ވިޔަފާރިތަކަށް ކަސްޓަމަރ ސާވިސް މުހިންމުވަނީ ކީވެގެންކަން ކިޔައިދެވޭނެއެވެ. ކޮންމެ މީހަކަށްވެސް މި ހުނަރުތައް ދަސްކޮށް، ކަސްޓަމަރުންގެ އިޙްތިރާމް ދެމެހެއްޓުމުގެ އިތުރުން މުވައްޒަފުންނާއިއެކު ވަރުގަދަ ގުޅުންތަކެއް ޤާއިމް ކުރެވިދާނެއެވެ. މީގެތެރިއިން ބައެއް ހުނަރުތައް މިހާރުވެސް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.
17 Jul 2024
ރިޕޯޓް
ދިވެހިންނަށް އެންމެ މީރީ ގަރުދިޔައާއި ބަތް
އެންމެ މީރު ކެއުމަކީ ކޮބާތޯ އަހާލާފިނަމަ ގިނަ ދިވެހިންގެ ޖަވާބަކަށްވަނީ ހަމަ ގަރުދިޔައާއި ބަތެވެ. އެއީ ކުރީގެވެސް، މިހާރުގެވެސް ޖަވާބެވެ. ކާބަފައިންގެވެސް ޖަވާބެވެ. ދިވެހިންނަށް ދުވަހަކުވެސް ދޫކޮށް ނުލެވޭނެ ޖަވާބުވެސް މެއެވެ. ބައެއް މީހުން މީރުވެގެން ދޭ ޖަވާބެކެވެ. އަނެއްބަޔަކު ސާދާކަމާއި އާދައިގެ ދިރިއުޅުމަށް ލޯބިކުރާކަން ދެއްކުމަށް ދޭ ޖަވާބެކެވެ.    ޙަރަދު ކުޑަކުރުމާއި އިސްރާފު ނުކުރުމުގެ ވާހަކައެވެ. ދިރިއުޅުމުގެ ބޭނުންތަށް ފުއްދުމުގައި ވިސްނުންތެރިކަމާއިއެކު ބޭނުންތަށް ބަހާލައިގެން އުޅެންޖެހިފައިވާ ވާހަކައެވެ. މަޖަލަކަށް ހަދައި ޖޯކް ޖަހަންޖެހޭ ވަރަށްވުރެން ސީރިޔަސް ވާހަކައެވެ.ވިސްނާލަމާ ހިނގާށެވެ. އަމިއްލަ ދިރިއުޅުމާއި މެދުގައެވެ. ލިބޭ މުސާރައާއިމެދުގައެވެ. ކުރަންޖެހިފައިވާ ނުވަތަ މިހާރުވެސް ކުރަމުންއަންނަ ޚަރަދުތަކާއި މެދުގައެވެ.
17 Jul 2024
ރިޕޯޓް
ޝަރީޢަތުގައި ހިނގާ މައްސަލަތަކާ ގުޅިގެން "އަނގަ ބަންދުކުރުވުން"
ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންނެވެ.
13 Jul 2024
ރިޕޯޓް
ރައީސް ޔާމީންގެ ބަންދަށް ލުއި ލިބުމާއި މިނިވަންވުން – ޝުކުރު ޙައްޤުވަނީ ދިވެހި ރައްޔިތުންނާއި، ރައީސް ޑރ. މުޢިއްޒަށް.
ރިސޯޓް ތަރައްޤީކުރަން ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މައްސަލައާއި ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މަނީލޯންޑަރިންގއާއި، ރިޝްވަތުގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ޙުކުމް ތަންފީޛުކުރެއްވިއިރު، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ރައީސް ޔާމީންގެ ބަންދަށް ލުއިތަކެއް ދެއްވިކަމަށް ވަރަށް ގިނަ ބޭފުޅުން ވިދާޅުވެއެވެ. މިވާހަކައާއި އަޅުގަނޑުގެ ޚިޔާލު މުޅިން ތަފާތެވެ. ސަބަބަކީ ފާއިތުވި ފަސް އަހަރަކީ ރައީސް ޔާމީންގެ ޙައްޤުގައި ޕީޕީއެމް/ޕީއެންސީގެ ލޮބުވެތި މެންބަރުން ނުހަނު ބޮޑު ޤުރްބާނީއެއް ވެވަޑައިގެންނެވި ފަސް އަހަރެވެ. ދެ ޕާޓީގެ ހިތްވަރުގަދަ މެންބަރުން އަތްވާއި، ވާރޭގައި އަދި ރެއާއި ދުވާލު މަގުމަތީގައި ރައީސް ޔާމީން މިނިވަންކޮށްދެއްވުމަށް އެދި އިހުތިޖާޖުކުރެއްވިއެވެ. އެ މުހިންމު މަސައްކަތުގައި ދެޕާޓީގެ ލީޑަރޝިޕްގައި އޭރު ތިއްބެވި ހުރިހާ ބޭފުޅުންވެސް ވަރަށް ހިތްވަރާއެކު ކުރިއަށް ވަޑައިގަތެވެ. ރައީސް ޔާމީންގެ ޙައްޤުގައި އެމަނިކުފާނުގެ ޤާނޫނީ ޓީމުން އަދާކުރެއްވި މުހިއްމު ދައުރުގެ މަތިންވެސް ހަނދުމަ ނައްތައެއްނުލަމެވެ. ރައީސް ޔާމީންގެ ޝަރީޢަތް އަވަސްކޮށްދެއްވައި، އިންސާފު ހޯއްދަވައިދެއްވުމަށްޓަކައި އެ ހުރިހާ ބޭފުޅުން ޓަކި ނުޖައްސަވާ އެންމެ ދޮރެއްވެސް އަދި އާދޭސް ނުކުރައްވާ އެއްވެސް މުއައްސަސާއެއް މިޤަމުގައި ނުހުންނާނެއެވެ. އެވަރުން ނިންމާނުލައްވައި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، އެކުވެރި ޤައުމުތަކުގެ ސަމާލުކަންވެސް ހޯއްދެވިއެވެ.
13 Jul 2024
ރިޕޯޓް