އިތުރު ތަމްރީނަށް އިމާމުން ބުރުނާއީ ދާރުއްސަލާމްއަށް!

އަލީ އަޒްލީފް
19 Jul 2024
ހަބަރު

ދިވެހިރާއްޖޭގެ އިމާމުންނާއި ޚަތީބުންނަށް ރާއްޖެއާއި ރާއްޖޭން ބޭރުން އިތުރު ތަމްރީން ދިނުމަށް ފަށައިފައިވާ ޚާއްޞަ ޕްރޮގްރާމުގެ ތެރެއިން 20 އިމާމުް ބުރުނާއީއަށް ފުރައިފިއެވެ.

ދީނިީ އިލްމުގެ ރޮނގުން ކުރިއަރާފައިވާ ގައުމުތަކަށް ފޮނުވައިގެން އިމާމުން ތަމްރީންކުރަން އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ އިރު އޭގެ ތެރޭގައި އަރަބި އިސްލާމީ ގައުމުތަކާއި އެ ނޫން ވެސް އިސްލާމީ ބޮޑެތި ޔުނިވަސިޓީތަކަށް ފޮނުވާނެ ކަމުގެ ޔަޤީންކަން ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ މީގެ ކުރީން ދެއްވާފައެވެ.

އިމާމުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ދެ ބުރެއްގެ މަތިން އިމާމުން ވަނީ މިއަހަރު ސައުދީ އަރަބިއްޔާއަށް ޒިޔާރަތްކޮށްފައެވެ.

ރާއްޖޭގައި ތިބި ހުރިހާ އިމާމުންނާއި ހަތީބުން ތަމްރީންކުރުމުގެ ގައުމީ މަޝްރޫއުގައި ގއ. ގެމަނަފުށްޓާއި ފުވައްމުލަކުގައި ވަނީ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.

އިމާމުންނާއި ޚަޠީބުން އިތުރަށް ތަމްރީން ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަރަށް އިސްކަން ދީގެން ކުރަމުން އަންނަ މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު