ފަސްޓް ރެސްޕޮންޑަރސް ޓްރެއިނިންގ ޕްރޮގްރާމުގައި ފުރަތަމަ ފަހަރަށް ދިވެހި ފުލުހަކު ކިޔަވައިދީފި

އައިޝަތު ޝިއުރާ
26 Sep 2024
ހަބަރު

ފިލިޕީންސްގައި މިހާރު ކުރިއަށްދާ އިންޓަޕޯލް އީ – އެވިޑެންސް ފަސްޓް ރެސްޕޮންޑަރސް ޓްރެއިނިންގ ޕްރޮގްރާމުގައި ފުރަތަމަ ފަހަރަށް ދިވެހި ފުލުހަކު ކިޔަވައިދީފިއެވެ.

މި ޓްރެއިނިންގގައި ކިޔަވައިދެއްވީ އެންޓި ސްކޭމް ރެޕިޑް ރެސްޕޮންސްގެ، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދުއެވެ. އެގޮތުން، އާދަމް ނަވީދު ދެ މޮޑިއުލްއެއް ކިޔަވައިދެއްވިއެވެ. އެއީ ”ކަލެކްޓިންގ އިލެކްޓްރޯނިކް އެވިޑެންސް” އަދި ”އިންޓަވިއު އެންޑް ޑޮކިއުމެންޓޭޝަން” މޮޑިއުލްއެވެ.

މި މަހުގެ 23 އިން 27އަށް ކުރިއަށް ގެންދާ އިންޓަޕޯލް އީ – އެވިޑެންސް ފަސްޓް ރެސްޕޮންޑަރސް ޓްރެއިނިންގގައި، ސައިބަރ ކްރައިމްގެ މައްސަލަތައް ބަލާ ޕްރޮސެކިއުޓަރުންނާއި ނެޝަނަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުގެ މެމްބަރުންގެ އިތުރުން ފިލިޕީންސްގެ ފުލުހުން ވެސް ބައިވެރިވެއެވެ. ފިލިޕީންސް ފުލުހުންގެ ތެރޭގައި، އެގައުމުގެ ރީޖަނަލް ސައިބަރ ކްރައިމް ޔުނިޓާއި، ވިމެން އެންޑް ޗިލްޑްރެންސް ޕްރޮޓެކްޝަން ޑެސްކާއި ސައިބަރ ކްރައިމްގެ މައްސަލަތައް ތަހުގީގުކުރާ ފުލުހުން ބައިވެރިވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު