ޕްރައިވެޓް ޕޯޓް ފެސިލިޓީތައް ކަސްޓަމްސްގެ މިންގަނޑަށް ފެތޭތޯ ބެލުމުގެ ސަރވޭއެއް ފަށައިފި

އައިޝަތު ޝިއުރާ
26 Sep 2024
ހަބަރު

ޕްރައިވެޓް ޕޯޓް ފެސިލިޓީތައް ކަސްޓަމްސްގެ މިންގަނޑަށް ފެތޭތޯ ބެލުމުގެ ސަރވޭއެއް ފަށައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް އިން މައުލޫމާތުދޭ ގޮތުގައި ކ. ތިލަފުށީގައި ޤާއިމްކޮށްފައިވާ ޕްރައިވެޓް ޕޯޓް ފެސިލިޓީތައް ކަސްޓަމްސްގެ މިންގަނޑަށް ފެތޭތޯ ބެލުމުގެ ސަރވޭއެއް ދަނީ ކުރަމުންނެވެ. އަދި މި ސަރވޭގެ ނަތީޖާއަށް ބަލައި މިންގަނޑަށް ނުފެތޭ ތަންތަން ރަނގަޅު ކުރުމަށް ފުރުސަތުދޭނެ ކަމަށާއި ކުރިމަގުގައި ޚިދުމަތް ލިބޭނީ ޝަރުތުހަމަވާ ތަންތަނަށް ކަމަށްވެސް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.

ޕްރައިވެޓް ޕޯޓް ފެސިލިޓީ, "ކަސްޓަމްސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅޭނީ ކަސްޓަމްސް ސަރަހައްދުތައް ސަރޓިފައިކުރުން" އުސޫލުގައި އެތަނެއްގައި ފުރިހަމަ ކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ސަރަހައްދު ފެންސު ޖަހާ ބަންދު ކުރެވިފައިވުމާއި ސަރަހައްދަށް ވަދެނުކުމެވާ އުޅަނދުފަހަރާއި މީހުންގެ އެކްސެސް ކޮންޓްރޯލް ކުރެވި ލޮގްކުރެވޭނެ ނިޒާމު ގާއިމްވެފައި ހުރުމުންނެވެ.

އަދި ސަރަހައްދު ދިއްލޭނެ އިންތިޒާމު ގާއިމްވެފައި ހުންނަންވެސް ޖެހެއެވެ.

ކަސްޓަމްސްގެ ސަރަހައްދުތަކުގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވަފައިވޭތޯ ބެލުމަށް ކުރެވޭ ސާވޭގައި ބަލާނީ ކަސްޓަމްސް ސަރަހައްދުތައް ސަރޓިފައިކުރުން އުސޫލުގެ 14 އަދި 15 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށެވެ.

އެގޮތުން ޕްރައިވެޓް ޕޯޓް ފެސިލިޓީތައް ކަސްޓަމްސްގެ އާންމު ގަވާއިދުގެ 6 އަދި 7 ގައިވާ މިންގަނޑަށް ފެތޭތޯ ބެލުމަށް ނުވަތަ "ސަރޓިފައި" ކުރުމަށްފަހު ސާވޭ ރިޕޯޓު އެ ޕޯޓުގެ ވެރިފަރާތަށް ދޭންވާނެ ކަމަށް ގަވާޢިދުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު