ވިލާގެ ދަރިވަރުންނަށް މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމާ ގުޅޭ މަޢުލޫމާތު ދީފި

އައިޝަތު ޝިއުރާ
26 Sep 2024
ހަބަރު

މުދައްރިސުން ތަމްރީނު ކުރުމުގެ ޤައުމީ ޕްރޮގްރާމާ ގުޅޭ ގޮތުން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.

އެ ސްކޫލުގެ ގްރޭޑް 11 ގައި ދަރިވަރުންނަށް ކުރިއަށްގެންދިޔަ މި ސެޝަން ނަންގަވައިދެއްވީ ޑެޕިއުޓީ މިނިސްޓަރ އާމިނަތު މާރިއާ އަދި ޑެޕިއުޓީ މިނިސްޓަރ ހުސައިން ޝިމާލްއެވެ.

މި ސެޝަންގައި މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ކުރިއަށްދާނެ ގޮތާއި، އެ ޕްރޮގްރާމްގެ ދަށުން ދަރިވަރުންގެ ކިޔެވުން ރޭވިފައިވާ ގޮތުގެ މަޢުލޫމާތު ވަނީ ޙިއްޞާކޮށްފައެވެ.

މަތީ ޘާނަވީއަށް ކިޔަވައިދޭ ސްކޫލުތަކުން މިހާރު ދަނީ މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންގެ މަޢުލޫމާތު އެއްކުރަމުންނެވެ.

ދައްރިސުން ތަމްރީނު ކުރުމުގެ ޤައުމީ ޕްރޮގްރާމަކީ ތަޢުލީމަށް އިންޤިލާބީ ބަދަލެއް ގެނެއުމަށްޓަކައި އެކުލަވާލާފައިވާ "ތައިބަ" ޕްރޮޖެކްޓްގެ ތެރޭގައި ހިމެނިގެން ކުރިއަށްދާ ޕްރޮގްރާމެކެވެ.

"ތައިބަ" މި ޕްރޮޖެކްޓަކީ ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ)ގެ 9.5 މިލިއަން އެމެރިކާ ޑޮލަރުގެ މާލީއެހީއާއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޤާއިމުކުރެވިފައިވާ ޕްރޮޖެކްޓެކެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު