ރޯޑް ސޭފްޓީ އެވެއާނަސް ރޯޑް ޝޯވތަކެއް ހުޅުމާލޭގައި ބާއްވައިފި

އައިޝަތު ޝިއުރާ
29 Sep 2024
ހަބަރު

މާލެ އާއި ހުޅުމާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަަށް ހެދުމާއި އާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ފުލުހުން ކުރަމުންއަންނަ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެ ފޭސް 1 އަދި 2 ގައި ރޯޑް ޝޯވތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަފުތާ ބަންދުގައި ފޭސް 1 އަދި 2 ގައި ވަކިވަކިން ކުރިއަށް ގެންދިޔަ މި ރޯޑް ޝޯވތަކުގައި، އެކި ސަރަހައްދުތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކޮށް ޗުއްޓީ ދުވަސްވަރު ހާއްސަގޮތެއްގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އެގޮތުން، ޗުއްޓީއަށް ފުރައިގެން ދިއުމުގެ ކުރިން މުދަލާއި ގޯތިގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތައް ބުނެދީފައިވެއެވެ. އަދި ހުޅުމާލެއަށް ޗުއްޓީއަށް އައިސް އުޅޭ ފަރާތްތަކުން ވެސް ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި އެއްގަމު އުޅަނދު ދުއްވުމުގައި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދޭންވީ ކަންކަން ބުނެދީފައިވެއެވެ.

ހުޅުމާލެ ފޭސް 2 ގައި ކުރިއަށް ގެންދިޔަ ރޯޑް ޝޯވގައި އަޑުގަދަކުރާ ބޭނުންކޮށްގެން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ މެސެޖުތައް ދީފައިވެއެވެ. އަދި ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތާއި އެމެޖެންސީ ހާލްތަކުގައި ގުޅާނެ ނަންބަރުތައް ހިމެނޭ ލީފްލެޓް، ސްޓީކާ އަދި ފްލަޔަރ ބަހާފައިވެއެވެ. އަދި ޓްރެފިކް ނިޝާންތަކާ ގުޅޭ މައުލޫމާތު ހިމެނޭ ކުލަޖައްސާފޮތް ކުޑަކުދިންނަށް ހަދިޔާކޮށްފައިވެއެވެ.

އޭގެ އިތުރުން، ކުޑަކުދިން ފުލުހުންގެ ޔުނިފޯމުލައިގެން ފުލުހުންގެ ވެހިކަލުގައި ފޮޓޯ ނެގުމުގެ ހަރަކާތަކާއި ޓައިކްވޮންޑޯ ހަރަކާތްތައް އާންމުންނަށް ދައްކައިލުން ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު