މަނަދޫ އާއި މިލަދޫގައި އިސް ރަށްވެހިންގެ މައިޒާން ބާއްވައިފި

އައިޝަތު ޝިއުރާ
29 Sep 2024
ހަބަރު

ނ. މަނަދޫއާއި މިލަދޫގައި ދިރިއުޅެމުންދާ އިސް ރަށްވެހިންނަށް ހާއްސަކޮށްގެން ”އިސް ރަށްވެހިންގެ މައިޒާން” ނަމުގައި ހަވީރެއް ބާއްވައިފިއެވެ.

ނ. އަތޮޅު ފުލުހުންނާއި ކްރައިމް ޕްރިވެންޝަން ޑިޕާޓްމަންޓު އަދި ދެ ރަށުގެ ކައުންސިލާއި މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ފުލުހުން އަދާކުރަމުންދާ ޒިންމާތަކުގެ އިތުރުން، އާންމު ރައްޔިތުންނާ އޮންނަ ގުޅުން އިތުރުކޮށް، ރަށްރަށުގެ އާރުކާޓީންގެ ގޮތުގައި އުޅުނު ދުވަސްވީ މީހުންގެ މަސައްކަތްތަކާއި، ދައްކާފައިވާ ނަމޫނާ ފާހަގަކުރުމަށް ބޭއްވި ހަރަކާތެކެވެ.

މި ހަވީރުގައި، އިސް ރަށްވެހިންގެ އިތުރުން ރަށު ކައުންސިލާއި، ކަމުވޮށިގެންވާ މީހުން ބައިވެރިވެ އިސް ރަށްވެހިންނާއެކު ވަގުތު ހޭދަކޮށް ޝުއޫރު ފާޅުކުރުމުގައި ބައިވެރިވިއެވެ. އަދި ދުވަސްވުމުގެ ސަބަބުންނާއި، ބަލިހާލަތުގެ ސަބަބުން އާންމުކޮށް ގެއިން ބޭރަށް ނުކުމެ ނޫޅެވާ މީހުންނާއި، އެމީހުންނާއެކު ކުރިން އެކުގައި އުޅުނު މީހުން އެއްތަނެއްގައި ބައްދަލުކޮށް، ވާހަކަ ދައްކައި، ޝުއޫރު ފާޅުކޮށް ހިތްހަމަ ޖައްސާލުމަށްޓަމައި މުނިފޫހި ފިލުވުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

އަދި ރާއްޖޭގައި މިހާރު ހުރި އެންމެ ކަންބޮޑުވާ މައްސަލަތަކާއި އެފަދަ ކަމެއް ދިމާވާ ހާލަތުގައި އަމަލުކުރަންވީ ގޮތާއި ސަލާމަތްވާނެގޮތުގެ މައުލޫމާތުދިނުމަށް ޑްރާމާތަކެއްގެ ސިފައިގައި، އެކަންކަމަށް ހޭލުންތެރި ކުރުވުމަށް މައުލޫމާތުދީފައިވެއެވެ. ހަވީރުގެ ސަޔާއެކު ދެރަށުގައި ވެސް ކުރިއަށް ގެންދިޔަ މި މައިޒާނުގައި އިސް ރަށްވެހިންގެ ހެލްތު ސްކްރީންކުރުން ހޮސްޕިޓަލާއި ސިއްހީ މަރުކަޒުން ކުރިއަށް ގެންގޮސްފައިވެއެވެ.

މި ހަވީރުގައި، ފުލުހުން ރެޔާއި ދުވާލު އަދާ ކުރަމުންދާ ޚިތުމަތަށް އިސް ރަށްވެހިންގެ ފަރާތުން ޝުކުރު އަދާކޮށްފައިވެއެވެ.

މިލަދޫ އިސް ރަށްވެހިންގެ މައިޒާން ސެޕްޓެންބަރު 27 ވަނަ ދުވަހު ބާއްވާފައިވާއިރު މަނަދޫގައި އިސް ރަށްވެހިންގެ މައިޒާން ބާއްވާފައިވަނީ ސެޕްޓެންބަރު 20 ވަނަ ދުވަހުއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު