ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރި ދެ މީހަކު ޑީޕޯޓްކޮށްފި

އައިޝަތު ޝިއުރާ
29 Sep 2024
ހަބަރު

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރި މައްސަލާގައި މިމަހުގެ 5ވަނަ ދުވަހު ހައްޔަރުކުރި ފަސް ބިދޭސީންގެ ތެރެއިން ދެ މީހަކު ޑީޕޯޓްކޮށްފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހުން މިދިޔަ ހަފުތާގައި ޑީޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި ބާކީ ތިބި ތިން މީހުން ވެސް ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެ މީހުން ރާއްޖެއިން ފޮނުވާލާނެ ދުވަހެއް ހާމަކުރެވޭނީ ލިޔެކިޔުމުގެ މަސައްކަތް ނިމުމުން ކަމަށް އިމްގްރޭޝަނުން ވިދާޅުވިއެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ އަތުން ގިނަ ޢަދަދެއްގެ ފައިސާ އާއި ޑެބިޓް އަދި ކްރެޑިޓް ކާޑުތަކެއް ފެނިފައިވާކަން އިމިގްރޭޝަނުން ވަނީ ހާމަކުރައްވާފައެވެ. އިމިގްރޭޝަނުންވަނީ މިރެއިޑުގައި ހިފަހައްޓާފައިވާ ޑޮލަރާއި ދިވެހި ފައިސާއާއި ގިނަ ޢަދަދެއްގެ ޕާސްޕޯޓުގެ ފޮޓޯ އާއްމުކުރައްވާފައެވެ.

ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ބިދޭސީންކުރަމުންދާކަމީ އާއްމުންގެ ދުވަސްވީ ބޮޑު ކަންބޮޑުވުމެކެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީންނާމެދު ހަރުކަށި ފިޔަވަޅުތަކެއް ސަރުކާރުންދަނީ އަޅަމުންނެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދަށް ގެއްލުންވާ ފަދަ ގޮތަކަށް ވިޔަފާރިތަކުގައި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވާ ބިދޭސީންނަށް އިތުރު ފުރުސަތު ނުދިނުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

މިއަހަރުގެ ޖުލައި އަދި މާރިޗު މަހުވެސް އިމިގްރޭޝަނުންވަނީ ކަޅު ބާޒާރުގައި ގަވާއިދާ ޚިލާފަށް ޑޮލަރު ވިއްކަމުންދިޔަ ބިދޭސީންތަކެއް ޑީޕޯޓުކޮށްލާފައެވެ. އަދި ރާއްޖޭން ގަވާއިދާ ޚިލާފަށް ބޭރުކުރަން އުޅުން 81000 އަށްވުރެ ގިނަ ޑޮލަރާއެކު ބިދޭސީއަކު މިދިޔަ މަހުވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު