ފުރަތަމަ ޓާމުގެ ކިޔެވުން ނިންމުމަށް ފަހު ދަރިވަރުން ޗުއްޓީއަށް

އައިޝަތު ޝިއުރާ
29 Sep 2024
ހަބަރު

2024 ވަނަ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމުމަށް ފަހު ދަރިވަރުންގެ ޗުއްޓީ ފަށައިފިއެވެ.

މި ދިރާސީ އަހަރު ފަށާފައިވަނީ 96,000 އަށް ވުރެ ގިނަ ދަރިވަރުންނާއެކުގައެވެ. އޭގެ ތެރޭގައި 40,300 އެއްހާ އަންހެން ދަރިވަރުންނާ 42,700 އެއްހާ ފިރިހެން ދަރިވަރުން ހިމެނެއެވެ. ސަރުކާރުގެ 217 ސްކޫލެއްގައި 83,000 އެއްހާ ދަރިވަރުން ތަޢުލީމު ހާސިލުކުރިއިރު، އޭގެ ތެރެއިން 17,000 އެއްހާ ދަރިވަރުން ތަޢުލީމު ހާސިލުކުރީ މާލޭ ސަރަޙައްދުގެ ސްކޫލުތަކުގައެވެ.

މި އަހަރު ސަރުކާރު ސްކޫލުތަކުގައި 12،000 އެއްހާ މުދައްރިސުން މަސައްކަތް ކުރައްވަމުން ގެންދަވައެވެ. އޭގެ ތެރޭގައި ހިމެނެނީ 10،000 އަށް ވުރެ ގިނަ ދިވެހި މުދައްރިސުންނާއި 1900 އެއްހާ ބިދޭސީ މުދައްރިސުންނެވެ.

އެއް ހަފްތާގެ މި ޗުއްޓީއަށް ފަހު ދަރިވަރުންނާއި މުދައްރިސުން އެނބުރި ސްކޫލަށް ނުކުންނާނީ 6 އޮކްޓޫބަރު 2024 ގައެވެ.

ކޮމެންޓް
އިތުރު ލިއުން
ސަޕޯޓަރުންނާއެކު މާލެ ފުރިފައި: ފެނުނީ ސަރުކާރަށް އޮތް ބޮޑު ތާޢީދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި، ރޭ، މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި އެއްވުމަށް 13،000 އަށް ވުރެ ގިނަ ސަޕޯޓަރުން އެއްވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ރޭ އޮތް އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
15 Nov 2025
ހަބަރު
ފަލަސްޠީނުގެ މިނިވަންކަން އިޢުލާންކުރި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ، ތަހުނިޔާ ވިދާޅުވެއްޖެ
މިއަދު ފާހަގަކުރަމުންދާ ފަލަސްޠީނުގެ މިނިވަންކަން އިޢުލާނުކުރި ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް، ޑރ. މަޙްމޫދު ޢައްބާސްއަށާއި ބޮޑުވަޒީރު މުޙައްމަދު މުސްޠަފާއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަހުނިޔާ ވިދާޅުވެއްޖެއެވެ.
15 Nov 2025
ހަބަރު
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މީހަކު ނިޔާވެއްޖެ
ހުޅުމާލެ ފޭސް ދޭއްގައި ރޭ، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު ނިޔާވެއްޖެއެވެ.
11 Nov 2025
ހަބަރު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.
11 Nov 2025
ހަބަރު