އެމްއެންޔޫގައި ފާމަސީ ދާއިރާއާއި ގުޅޭ ސެޝަނެއް ބާއްވައިފި

އަލީ އަޒްލީފް
25 Sep 2024
ހަބަރު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފާމަސީ ދާއިރާގެ ދަރިވަރުން، އެ ދާއިރާއާއި ގުޅޭގޮތުން މަޢުލުމާތު ދިނުމުގެ ސެޝަނެއް ބާއްވާފިއެވެ.

25 ސެޕްޓެމްބަރ އަކީ ބައިނަލްއަޤްވާމީ ފާމަސިސްޓުންގެ ދުވަހުގެ ގޮތުގައި ފާގަހަކުރާ ދުވަހެވެ. އެގޮތުން، މި އަހަރުގެ ފާމަސިސްޓުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްއެންޔޫގެ ފާމަސީ ދަރިވަރުން ވަނީ މަޢުލުމާތު ދިނުމުގެ ސެޝަނެއް ބާއްވާފައެވެ. މި ސެޝަންގައި، ފާމަސީ ދާއިރާއިން މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ދަރިވަރުން އެ ދާއިރާއާއި ގުޅޭ އެތަށް މުޙިއްމު މަޢުލުމާތުތަކެއް ޙިއްސާކުރެއްވިއެވެ.

އެގޮތުން، އައު ބޭސްތަށް ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި، ތަފާތު ބޭސްތަށް ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމުގެ އިތުރުން ސިއްޙި ދާއިރާއާއި ގުޅޭ އިތުރު މަޢުލިމާތު މި ސެޝަންގައި ޙިއްސާކުރައްވާފައިވެއެވެ. މި ސެޝަންގައި، އެކި އެމުރުފުރާގެ މީހުން ވަނީ ބައިވެރިވެފައެވެ. އެކި ދާއިރާތަކާއި ގުޅޭ މަޢުލުމާތު ޙިއްސާކޮށް، ގިނަ އަދަދެއްގެ ބަޔަކު އެކި ދާއިރާތަކަށް ހޭލުންތެރިކުރުވުމަށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އިން އަންނަނީ މިފަދަ އެތަށް ސެޝަންތަކާއި ސެމިނާތަށް ބާއްވަމުންނެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު