ރާއްޖޭގައި 15 އަހަރާއި 65 އަހަރާ ދެމެދުގެ %4.7 މީހުންނަކީ ހިތުގެ ބަލި، ސްޓްރޯކް އަދި އެންޖީނާ ފަދަ ބަލިތައް ޖެހިފައިވާ މީހުން

އަލީ އަޒްލީފް
29 Sep 2024
ހަބަރު

ރާއްޖޭގައި 15 އަހަރާއި 65 އަހަރާ ދެމެދުގެ %4.7 މީހުންނަކީ ހިތުގެ ބަލި، ސްޓްރޯކް އަދި އެންޖީނާ ފަދަ ބަލިތައް ޖެހިފައިވާ މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ. 

ރާއްޖޭގެ ހިތުގެ ބަލީގެ ޙާލަތަށް ބަލާއިރު، ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތައް ދެނެގަތުމުށް 2020 އިން 2023 އަށް ރާއްޖޭގައި ހެދުނު "ނޮން ކޮމިއުނިކަބްލް ޑިޒީޒް ރިސްކް ފެކްޓަރ ސަރވޭ 2020 -2022" އިން ދައްކާ ގޮތުގައި ރާއްޖޭގައި 15 އަހަރާއި 65 އަހަރާ ދެމެދުގެ %4.7 މީހުންނަކީ ހިތުގެ ބަލި، ސްޓްރޯކް އަދި އެންޖީނާ ފަދަ ބަލިތައް ޖެހިފައިވާ މީހުންނެވެ. އަދި %27.7 މީހުންނަކީ މި ބަލިތަކަށް ދިގު މުއްދަތަށް ބޭސް ބޭނުން ކުރަމުންދާ މީހުންނެވެ. މި ދިރާސާގެ ބައިވެރިންގެ މެދުގައި ހިތުގެ ބަލި ޖެހުމަށް ހުށަހެޅޭ މިންވަރު ދެނެގަތުމަށް ހެދުނު އެސެސްމެންޓުން (ކާޑިއޯ ވެސްކިއުލަރ ޑިޒީޒް ރިސްކް %20) އިން ދައްކާ ގޮތުން 40 އަހަރާއި 69 އަހަރާ ދެމެދުގެ ޢުމުރު ފުރައިގެ %2.3 (%3 ފިރިހެނުން %1.4 އަންހެނުން) ނަކީ 10 އަހަރު ތެރޭގައި ހިތުގެ ބަލި ޖެހުމުގެ ފުރުޞަތު އޮތް މީހުންނެވެ. އަދި %7.7 މީހުން (%7.5 ފިރިހެނުން، %7.9 އަންހެނުން) ނަކީ %10-20 އަށް ހިތުގެ ބަލި ޖެހުމުގެ ފުރުޞަތު އޮތް މީހުންނެވެ. މީގެ އިތުރުންވެސް (ހިތުގެ ބަލީގެ ހިރާސް %) އިން ދައްކާގޮތުން މި ބަލި ޖެހުމުގެ ފުރުޞަތު އޮތް %61.8 މީހުން (%50.4 ފިރިހެނުން، %82.7 އަންހެނުން) ނަށް ބަލި ޖެހުމުން ދުރުކުރުމަށް ޑްރަގު ތެރަޕީ އަދި ކައުންސެލިންގ ބޭނުން ވެއެވެ.

 ހިތުގެ ބަލީގެ ސަބަބުން ބަލި ޖެހޭ މީހާއަށާއި އަދި ބަލިޖެހޭ މީހާގެ ޢާއިލާ ތަކަށާއި މުޖުތަމަޢަށް ވެސް އަސަރު ކުރެއެވެ. މީގެ އިތުރުން ނަފްސާނީ ގޮތުންނާއި މާލީ ގޮތުންވެސް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތި ވެއެވެ. އެހެންކަމުން ހިތުގެ ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ހިތުގެ ދުޅަހެޔޮކަމަށް ރައްކާތެރިވުމަށްޓަކައި ރަނގަޅު ކާނާ ކެއުމުގެ ވައްޓަފާޅިއެއް ބައްޓަން ކުރަން ޖެހެއެވެ. އޭގެ ތެރޭގައި ކެއުމުގައި ތަރުކާރީއާއި މޭވާ އަދި ޕްރޮޓީންސް ހިމެނުމާއި، ސަރުބީއާއި ކޮލެސްޓްރޯލް ހިމެނޭ ކާނާ މަދުކުރުން ހިމެނެއެވެ. އަދި ލޭގެ ޕްރެޝަރ ދަށްކުރުމަށްޓަކައި ހަކުރު އަދި ލޮނު ބޭނުން ކުރާ މިންވަރު މަދުކުރަން ޖެހެއެވެ.

ކެއުމުގެ ވައްޓަފާޅި ބައްޓަން ކުރުމުގެ އިތުރުން ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅުމަކީ ހިތުގެ ދުޅަހެޔޮކަމަށްޓަކައި ފަރުވާތެރިވާން ޖެހޭ މުހިންމު އެއް ކަމެވެ. ކަސްރަތު ކުރުމުގެ ސަބަބުން ލޭ ދައުރުވުން ރަނގަޅު ކޮށްދީ، ފަލަވުމާއި ލޭމައްޗަށްދިއުން ފަދަ ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަވެ، ދުޅަހެޔޮ ޞިއްޙަތެއްގައިހިތް ބެހެއްޓުމަށް އެހީތެރި ވެދެއެވެ. ކޮންމެ ހަފްތާއަކު މަދުވެގެން 150 މިނެޓް ވަންދެން ހިނގާލުން، ފެތުން ނުވަތަ ބައިސްކަލް ދުއްވުން ފަދަ އާދައިގެ އެރޮބިކް ކަސްރަތުތައް ކުރުމަށް އަމާޒު ހިފާށެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަކީ ހިތުގެ ދުޅަހެޔޮކަމަށް އަޅަންޖެހޭ މުހިންމު އެއް ފިޔަވަޅެވެ. ސަބަބަކީ ދުންފަތަކީ ހިތުގެ ބަލިތައް ކުރިމަތިކުރުވާ މައިގަނޑު އެއް ސަބަބު ކަމުގައި ވާތީއެވެ. ދުންފަތުގެ ސަބަބުން ހިތުގެ ލޭނާރުތައް ހަލާކުވެ،ލޭގެ ޕްރެޝަރު މަތިވެ، ހުންނަންޖެހޭ ކޮލެސްޓްރޯލް ލެވެލް ދަށްވެގެން ދެއެވެ. ހަމަ އެއާއެކު، ރަނގަޅު ބަރުދަނެއްގައި ހުރުމަކީ ހިތުގެ ބަލިތަކުންނާއި އަދި އެހެނިހެން ބަލިތަކުންވެސް ރައްކާތެރިވެ ހުރުމަށް ކުރަންޖެހޭ މުހިންމު ކަމެކެވެ.

ކޮމެންޓް
އިތުރު ލިއުން
އެއަރޕޯޓުން ވައްކަންކުރި މައްސަލައިގައި ހަތަރު މީހަކު ހައްޔަރަށް
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދެ މުވައްޒަފަކަށް ބިރުދައްކައި ޑޮލަރުތަކެއް ފޭރިގަތް މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
28 Oct 2025
ހަބަރު
އަހަރެއްގެ ތެރޭގައި ދިއްފުށީގައި 23 ހެކްޓަރުގެ ބިންހިއްކައި ނިމޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ބަންޑް ވޯލް ޖެހުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ބޭރު ތޮށިލުން ހިމެނޭހެން، ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި، ދިއްފުށީގައި 23 ހެކްޓަރުގެ ބިންހިއްކައި ނިމޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
28 Oct 2025
ހަބަރު
ކާށިދޫގެ ތަރައްޤީގައި ޙަޤީޤީ ކުލަޖައްސައިދެއްވައި، ރައްޔިތުން އެދޭގޮތަށް ކަންކަން ފުރިހަމަކޮށްދެއްވާނަން: ރައީސުލްޖުމްހޫރިއްޔާ
ކ. ކާށިދޫގެ ތަރައްޤީގައި ޙަޤީޤީ ކުލަޖައްސައިދެއްވައި، ރައްޔިތުން އެދޭގޮތަށް ކަންކަން ބައްޓަންކޮށްދެއްވައި، ފުރިހަމަކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
28 Oct 2025
ހަބަރު
ކައުންސިލް މުވައްޒަފުންގެ މުސާރަ އެއްވަނަ ގިންތީގައި ބޮޑުވާނެ: ރައީސުލްޖުމްހޫރިއްޔާ
ރާއްޖޭގެ ސިވިލް ސާރވިސް މުވައްޒަފުންނާއި އެއްގިންތިއަކަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންވެސް ގިންތިކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
27 Oct 2025
ހަބަރު