އައި.ސީ.އައި.އޭ ފެށުމުގެ ރަސްމިއްޔާތު، މިނިސްޓަރ ޝަރަފުވެރިކޮށްދެއްވައިފި

އަލީ އަޒްލީފް
29 Sep 2024
ހަބަރު

އިސްލާމިކް ޔުނިވަރސިޓީ އޮފް ދަ މޯލްޑިވްސް (އައި.ޔޫ.އެމް) އިން ބާއްވާ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް (އައި.ސީ.އައި.އޭ) ގެ ނުވަ ވަނަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު، މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި މިއަހަރު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައިވެރިން ހިމެނޭހެން ޖުމްލަ 402 މީހުން ބައިވެރިވެފައިވެއެވެ. އަދި މި ކޮންފަރެންސްއަށް 113 ދިރާސާ ކަރުދާސް ހުށަހަޅާފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ސައިންޓިފިކް ޢިލްމަކީ ތަޢުލީމުގެ އެންމެ މަތީ ހަރުފަތުގެ ބިންގާ ކަމަށާއި، އޭގެ ސަބަބުން ހަރުދަނާ ސިޔާސަތުތައް އެކުލަވާލުމަށް ވެސް ފަސޭހަވެގެންދާ ކަމަށެވެ. އަދި މި ކޮންފަރެންސްގެ ސަބަބުން ބައިވެރިންގެ ވިސްނުން މަތިވެ، އާ ޚިޔާލުތައް ނެރެވޭނެ ކަމުގެ ޔަޤީންކަން އޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ އައިޔޫއެމްގެ ޕޯސްޓް ގްރެޖުއޭޓް ލައުންޖާއި، ދެ ރިސާޗް ޖާނަލް އިފުތިތާހުކޮށްދެއްވައިފަ އެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު