އިސްރާއީލުގެ ސިފައިން ޔަމަނުގެ ރަސް އީސާ އަދި ހޮދައިދާގައި ވައިގެ ހަމަލާތައްދޭން ފަށައިފި

އަލީ އަޒްލީފް
29 Sep 2024
ދުނިޔެ

އިސްރާއީލުގެ ސިފައިން ބުނެފައިވަނީ ޔަމަނުގައިވާ ހޫތީންގެ އަމާޒުތަކަށް ވައިގެ ހަމަލާތައް ދީފައިވާ ކަމަށެވެ. މިއީ ޣައްޒާ އަދި ލެބަނޮންގައި އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ސަރަޙައްދުގައި ހަނގުރާމައިގެ އަލިފާން ފެތުރިދާނެކަމުގެ ބިރުވެރިކަން އިތުރުވެގެންދާ ކަމެކެވެ.

އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި، ސިފައިން ބުނެފައިވަނީ ފައިޓަރ ޖެޓްތައް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މަތިންދާބޯޓުތަކުން ރަސް އީސާ އަދި ހޮދައިދާ ބަނދަރުތަކުގައިވާ ކަރަންޓު ޕްލާންޓްތަކާއި ބަނދަރުގެ ވަސީލަތްތަކަށް ހަމަލާދީފައިވާ ކަމަށެވެ. މި ވައިގެ ހަމަލާތަކާ ގުޅިގެން ހޮދައިދާގެ ގިނަ ސަރަޙައްދުތަކުގައި ކަރަންޓު ކެނޑިފައިވާކަމަށް އެތަނުގެ ރައްޔިތުން ބުނެފައިވެއެވެ.

މި ހަމަލާ ދީފައިވަނީ ހޫތީން ބުނިގޮތުގައި އިސްރާއީލުގެ ތެލްއަވީވް ކައިރީގައިވާ ބެން ގުރިއަން ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ބެލިސްޓިކް މިސައިލެއް ދޫކޮށްލި ދުވަހުގެ ޖެހިގެން އައި ދުވަހުއެވެ.

މި ގްރޫޕުން ވަނީ ފާއިތުވި އަހަރުގެ ނޮވެންބަރު މަހުން ފެށިގެން އިސްރާއީލަށާއި ރަތު ކަނޑާއި، އަދަން ކަނޑުބޮޑާއި، ބާބުލް މަންދަބް ހަނިކަނޑުގައި ދަތުރުކުރާ އިސްރާއީލާ ގުޅުންހުރި އުޅަނދުތަކަށް ތަކުރާރުކޮށް ހަމަލާދީފައެވެ. މިއީ ޣައްޒާގައި އިސްރާއީލުގެ ހަމަލާތަކުގެ ދަށުގައިވާ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވުމުގެ ގޮތުން ކުރަމުންދާ ކަމެއް ކަމަށް އެ ގްރޫޕުން ބުނެއެވެ.

"ފާއިތުވި އަހަރު ތެރޭގައި، ހޫތީން ވަނީ އީރާނުގެ އިރުޝާދާއި ފައިސާގެ އެހީގެ ދަށުން، އަދި އިރާޤުގެ މިލިޝިއާތަކާ ގުޅިގެން އިސްރާއީލު ދައުލަތަށް ހަމަލާދީ، ސަރަޙައްދުގެ އިސްތިޤްރާރު ނަގާލައި، އަދި ދުނިޔޭގެ ދަތުރުފަތުރުގެ މިނިވަންކަމަށް ހުރަސްއަޅަން މަސައްކަތްކޮށްފައެވެ،" އިސްރާއީލުގެ ސިފައިންގެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

އިސްރާއީލުން ކުރިން ހޮދައިދާ ބަނދަރަށް ހަމަލާދީފައިވަނީ ޖުލައި މަހުގައި، ހޫތީންގެ ޑްރޯން ހަމަލާއެއް އިސްރާއީލުގެ ވައިގެ ދިފާޢީ ނިޒާމު ފަހަނައަޅައި ގޮސް ތެލްއަވީވްގައި އާންމު ރައްޔިތަކު މަރާލުމަށްފަހުގައެވެ.

މި މަހުގެ ކުރީކޮޅު، ޔަމަނުގެ އުތުރުގެ ގިނަ ސަރަޙައްދުތައް ކޮންޓްރޯލްކުރާ ހޫތީން ވަނީ އެމީހުން ބުނާގޮތުގައި ހައިޕަރސޮނިކް މިސައިލެއް ބޭނުންކޮށްގެން އިސްރާއީލުގެ މެދުތެރެއަށް ހަމަލާއެއް ދީފައެވެ. މި ހަމަލާއިން އަލިފާން ރޯވެ، އެއަރ ރެއިޑް ސައިރަންތައް އިއްވައި، ބެން ގުރިއަން ވައިގެ ބަނދަރު ސަރަޙައްދުގައި ރައްޔިތުން ސަލާމަތީ ތަންތަނަށް ދުވެފައިވެއެވެ.

އީރާނުން ވަނީ އާދީއްތަ ދުވަހު އިސްރާއީލުން ޔަމަނުގެ ހޮދައިދާ ބަނދަރަށް ދިން ހަމަލާތައް ކުށްވެރިކޮށްފައެވެ. އެ ހަމަލާތައް އަމާޒުކޮށްފައިވަނީ ކަރަންޓު ޕްލާންޓަކަށާއި ތެޔޮ ޓޭންކުތަކަކަށް ކަމަށް އީރާނުގެ ޚާރިޖިއްޔާ ވުޒާރާގެ ތަރުޖަމާނު ނާސިރު ކަނާނީ ބަޔާނެއްގައި ބުނެފައިވެއެވެ.

ޔަމަނުގެ ވެރިރަށް ސަނާއިން ނޫސްވެރިއެއް އަދި ސިޔާސީ ދިރާސާވެރިއެއް ކަމުގައިވާ ހުސެއިން އަލް-ބުޚައިތީ އަލްޖަޒީރާއަށް ބުނެފައިވަނީ ހަމަލާ ދެވުނު ސަރަޙައްދުތަކުގައި އަލިފާން ނިއްވުމަށް ފަޔަރ ފައިޓަރުން މަސައްކަތްކުރަމުންދާ ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ އެއްް މީހަކު މަރުވެފައިވާކަމަށާއި އަދި އެތައް ބަޔަކަށް އަނިޔާވެފައިވާކަމަށް ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި އިސްރާއީލީންގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ފިއްތުން ކުރިމަތިކުރުވުން. ހޮދައިދާ ބަނދަރަކީ ޔަމަނުގެ އިޤްތިޞާދަށް. އަދި ޔަމަނުގެ ރައްޔިތުންނަށް މުހިންމު ތަނެއް. އަޅުގަނޑު ދެކޭގޮތުގައި އެމީހުން ސިވިލިއަން އިންފްރާސްޓްރަކްޗަރއަށް އަމާޒުކޮށް ހަމަލާދިނުން ކުރިއަށް ގެންދާނެ،" އޭނާ ބުނެފައިވެއެވެ.

މީގެ އިތުރުން، އާދީއްތަ ދުވަހުގެ މި ވައިގެ ިގެ ހަމަލާތައް ދީފައިވަނީ އިސްރާއީލުން ލެބަނޮންގައި މަރުގެ ހަމަލާތައް ދެމުންދާއިރު، އެކަމުގެ ސަބަބުން އެއް މިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާންޖެހިފައިވާ ދަނޑިވަޅެއްގައެވެ.ހޮނިހިރު ދުވަހު، ހޫތީން ވަނީ ހުކުރު ދުވަހު ލެބަނޮންގެ ދެކުނުގެ ބޭރޫތުގެ އާބާދީ ބޮޑު ސަރަޙައްދެއްގައި އިސްރާއީލުން ދިން ހަމަލާއެއްގައި ހިޒްބުއްލާގެ އިސްވެރިޔާ ހަސަން ނަސްރުއްލާ މަރުވެފައިވާތީ ހިތާމަކޮށްފައެވެ. އަދި އެ ގްރޫޕުން ވަނީ ލެބަނޮންއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އިސްރާއީލަށް ގޮވާލާފައެވެ.   

ކޮމެންޓް
އިތުރު ލިއުން
ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީއެއް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
07 Nov 2025
ހަބަރު
ރިސޯޓުތަކުގައި ބޭނުންކޮށްފައިހުރި ތެޔޮ ވިއްކާކަމުގެ ތުހުމަތުގައި ހުޅުމާލެ އިން ބަޔަކު ހައްޔަރުކޮށްފި
މޯލްޑިވްސް ފުޑް ޑްރަގް އެންޑް ޑްރަގް އޮތޯރިޓީ އިން އަންގާފައިވާ ގޮތާ ޚިލާފަށް، ރިސޯޓުތަކުގައި ބޭނުންކޮށް އުކައިލާ ތެޔޮ ވިއްކަމުންދާކަމުގެ ތުހުމަތުގައި ހުޅުމާލެ އިން ބަޔަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
06 Nov 2025
ހަބަރު
މިއަދަކީ ރާއްޖޭގެ ތާރީޚުގައި އެއްފަހަރާ އެއްދުވަހެއްގައި އެންމެ ގިނަ މަސައްކަތް އަމިއްލަ ދިވެހި ކުންފުނިތަކާއި ޙަވާލުކުރެއްވި ދުވަސް: ރައީސުލްޖުމްހޫރިއްޔާ
މިއަދަކީ ރާއްޖޭގެ ތާރީޚުގައި އެއްފަހަރާ އެއްދުވަހެއްގައި އެންމެ ގިނަ މަސައްކަތް އަމިއްލަ ދިވެހި ކުންފުނިތަކާއި ޙަވާލުކުރެއްވި ދުވަސްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށް ގެންދިއުމަށް ސޮއިކުރެއްވުމަށް ނަސަންދުރާ ބާސެލޯސްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
06 Nov 2025
ހަބަރު
ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަންނަވައިފި
ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލެ ވަޑައިގަންނަވައިފިއެވެ.
06 Nov 2025
ހަބަރު