ގޭންގު ކުށްތައް ހުއްޓުވުމަށާއި މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: ސީޕީ ޝުޖާޢު

އަލީ އަޒްލީފް
29 Sep 2024
ހަބަރު

ފާއިތުވި ދުވަސްތަކުގައި ގޭންގު ކުށްތައް ހުއްޓުވުމަށާއި މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.

ސީޕީ މިފަދައިން ވިދާޅުވީ މިހާރު މާލެ ސަރަހައްދުގައި ކުރަންފަށާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ދެއްވި ބަސްދީގަތުމެއްގައެވެ.

ސީޕީ ވަނީ މިހާރު ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ހުޅުމާލޭގައި ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބަލަހައްޓަމުން ގެންދާނެކަން ފާހަގަކުރައްވާ ފާއިތުވި ދުވަސްތަކުގައި ގޭންގު ކުށްތައް ހުއްޓުވުމަށާއި މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ މަސައްކަތް ތަކެއް ވަނީ ކުރެވިފައި ކަމަށް ވިދާޅުވެފައެވެ.

މިކަންކަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް ގޭންގް ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރާ ބަހާ އާއި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބަހާގެ އިސް ފުލުހަކު ކުރިން ދެންނެވި ކޮމިއުނިކޭޝަން ސެންޓަރުގައި މަސައްކަތް ކުރައްވާނެ ކަމަށާއި މާލެ އާއި ހުޅުމާލޭގެ އާންމު ހާލަތުވެސް ސީދާ މި ބަހާތަކުންވެސް މޮނިޓަރކޮށް ދިމާވާ އެކިކަންކަމަށް ރިއާޔަތްކޮށް ނިންމަންޖެހޭ ނިންމުންތައް ވަގުތުން ވަގުތައް ނިންމުމުގައި މިހާރު އަވަސްވާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މީގެ އެންމެ ބޮޑު ބޭނުމަކީ، ހުއްޓުމެއްނެތި ރައްޔިތުން އެދޭފަދަ ހިދުމަތެއް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުން. އިންސާނީ ވަސީލަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން. ފުލުހުން ޕްރެޒެންސް އިތުރުކޮށް ރައްޔިތުންނަށް ރައްކާތެރިކަމުގެ އިހުސާސްކޮށްދިނުން. އަޅުގަނޑުމެންގެ ހުރިހާ ވަސީލަތެއް މި ބޭނުންކުރަނީ މި މަގަށް، މިކަން ހާސިލު ކުރުމަށް. ސަރުކާރުގެވެސް އެދުމެއް އެއީ، މުޅީ ރާއްޖެއަކީވެސް އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ފުލުހުންގެ ދައުރު ފުޅާކޮށް ކުރާ މަސައްކަތްތައް ހަރުދަނާކުރުން. މިކަމަށްޓަކައި ސަރުކާރުން ދަނީ ފުލުހުންގެ ޚިދުމަށް ގިނަ ވަސީލަތްތަކެއް ފޯރުކޮށްދެއްވަމުން. އަޅުގަނޑު ބޭނުންވަނީ މި ކުރާ މަސައްކަތުގެ ނަތީޖާ ދުވަސްކޮޅެއްގެ ތެރޭގައި އާންމު ރައްޔިތުންނާ ހަމައަށް ފޯރުން. އަމާންކަމާއި ރައްކާތެރިކަމުގެ އިހުސާސް ކުރެވުން. 

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު

މީގެ އިތުރުން ސީޕީ ވަނީ އަތޮޅު ތެރޭގަވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގެ މޮޑެލްއަށް ދަނީ އަމަލުކުރަމުން ކަމަށާއި އަދި ރައްޔިތުންނާއި ކައުންސިލްތަކުގެ ފަރާތުން ޕޮޒިޓިވް ފީޑްބެކްވެސް ދަނީ ލިބެމުންކަން ފާހަގަކުރައްވާފައެވެ.

އަދި މާލޭގެ ޓްރެފިކް ބާރުބޮޑުވާ ގަޑިތަކުގަ ވަކި ހާއްސަ ސަރަހައްދުތަކެއް ފާހަގަކޮށް ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބެލެހެއްޓުމުގެ މަސައްކަތްވެސް ދަނީ ކުރަމުން ކަމަށާއި މިހާރުވެސް 360 އެއްހާ ރެކްރޫޓް ފުލުހުން ތަމްރީން ފުރިހަމަ ކުރުމުންދާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވަމުން ދިޔުމާއެކު ފުލުހުންގެ ހިދުމަތުގެ ޕޮލިސީއެއްގެ ގޮތުގައި ކަނޑައަޅާފަ މިހާރު ވާނެކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ ރައްޔިތު މީހާ މަގުމައްޗަށް ނުކުމެ ދަތުރު ކުރަންފަށައި ފަސް މިނިޓް ހޭދަވެގެން ދާއިރު ފުލުހަކު ފެންނަން ޖެހޭނެ ކަމަށެވެ.

އެކަން ހާސިލުކުރުމަށް މިހާރު މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތުން، މިހާރު ޓްރޭނިންގ ހަދަމުންގެންދާ ފުލުހުން ޓްރޭނިންގ އަށްފަހު މި މަގްސަދު ހާސިލްކުރުމަށް އެ ފުލުހުން ފްރަންޓްލައިންގައި ހިދުމަތް ދޭން ފަށާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާ ށ. ފޭދޫ ކައުންސިލާއި އ.ތ.މ. ކޮމިޓީ އާއި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ށ. ފޭދޫ ކައުންސިލާއި އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ފޭދޫ ޞިއްޙީ މަރުކަޒުގައެވެ.
14 Oct 2025
ހަބަރު
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންސްތައް އާ ޓާމިނަލަށް ބަދަލުކުރަން ނިންމައިފި
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ ނޮވެމްބަރު މަސް ތެރޭގައި ރަސްމީކޮށް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން, ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލްގެ އޮޕަރޭޝަންސްތައް މާދަމާއިން ފެށިގެން އާ ޓާމިނަލުގެ ގްރައުންޑް ފްލޯއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓް ކޮމްޕަނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
14 Oct 2025
ހަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. ފޭދޫއަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ށ. ފޭދޫއަށް ވަޑައިގެންފިއެވެ.
14 Oct 2025
ހަބަރު
އެމްޑަބްލިޔުއެސްސީ އިން ށ.ގޮއިދޫގައި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފި
އެމްޑަބްލިޔުއެސްސީ އިން ށ.ގޮއިދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި، މި ޚިދުމަތްތައް އިފްތިތާޙްކޮށްފިއެވެ.
14 Oct 2025
ހަބަރު