ޕީއެސްއެމްގެ ޚިޔާނާތުގެ މައްސަލަ އޭސީސީއިން ތަހުގީގުކުރަނީ

އަލީ އަޒްލީފް
29 Sep 2024
ހަބަރު

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ޑޮލަރު ގަތުމަށް ނެގި ފައިސާ އާއި އާމްދަނީގެ ގޮތުގައި ބަލައިގަނެފައިވާ ފައިސާއާގުޅޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަންނަނީ ތަޙުޤީޤުކުރަމުންނެވެ.

މި މައްސަލައަކީ ފަބްލިކް ސަރވިސްމީޑިއާއިން އެ ކޮމިޝަނަށް ހުށަހަޅައިގެން އެ ކޮމިޝަނުން މި ޖުލައި މަހުން ފެށިގެން ތަޙުޤީޤު ކުރަމުންއަންނަ މައްސަލައެކެވެ.

ކޮމިޝަނުންވަނީ މައްސަލައިގެ "ޕްލިމިނަރީ ތަޙުޤީޤު" ނިންމައި، އިތުރަށް ތަޙުޤީޤު ކުރަންޖެހޭ ކަންކަން ހުރުމާއެކު މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަން ފަށައިފައެވެ.

މި މައްސަލައާއި ގުޅުންހުރި ޕީއެސްއެމްގެ ޚާއްސަ އޮޑިޓް ކުރިޔަށް ދިޔައިރު، އޮޑިޓަރ ޖެނެރަލްގެ އޮފީހުން މި ކޮމިޝަނާ މަޝްވަރާކުރައްވައި، މައްސަލައާ ގުޅުންހުރިހެއްކާއި ޤަރީނާއަށް އަސަރު ނުކުރާނެގޮތަށް ދެ މުއައްސަސާއިން އެކުގައިވަނީ މަސައްކަތްކޮށްފައެވެ.

މި މަހުގެ ތެރޭގައި  ދިވެހި ފުލުހުންގެ ޚިދުމަތުންވެސްވަނީ މިމައްސަލަ އޭސީސީއަށް ހުށަހަޅުއްވާފައިވެއެވެ

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު