ރައްކާތެރިކަމަށް މަސައްކަތްކުރުމަކީ ޞިއްޙީ ނިޒާމުގައި ހިމެނޭ ހުރިހާފަރާތްތަކެއްގެ ޝާމިލުވުން ބޭނުންވާކަމެއް - ސާޖިދާ

އަލީ އަޒްލީފް
29 Sep 2024
ހަބަރު

ބަލިމީހާގެ ރައްކާތެރިކަމަށް މަސައްކަތްކުރުމަކީ ޞިއްޙީ ނިޒާމުގައި ހިމެނޭ ހުރިހާފަރާތްތަކެއްގެ ޝާމިލުވުން ބޭނުންވާކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫސިޓީގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ބޭއްވި "ނޭޝަނަލް ޕޭޝަންޓް ސޭފްޓީ ކޮންފަރެންސް 2024" ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ކޮންމެ ވަގުތެއްގައިވެސް ބަލިމީހާގެ ރައްކާތެރިކަމަށް އިސްކަންދީގެން މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

‎އެކަމަނާ ވަނީ ބަލިމީހާއަށް ފަރުވާ ދެވޭގޮތުންނާއި ދެވޭފަރުވާގެ ބާވަތުން ހަށިގަނޑަށް ބޮޑެތި ގެއްލުންވުމާއި ފުރާނައަށް ގެއްލުންވުމަކީ ބައެއް ފަހަރު ރާއްޖޭގައި ވެސް ތަޖުރިބާ ކުރެވޭކަމެއްކަން ފާހަގަކުރައްވައި ޚިދުމަތް ދިނުމުގައި ފަރުވާތެރިވެ މިފަދަ ކަންކަން މަދުކުރުމަށް ނުވަތަ ނައްތާލުމަށް އެދިވަޑައިގެންފައެވެ. އަދި އެކަމުގައި ޤައުމީ ފެންވަރުގައި ހުރިހާ ލެވެލެއްގައި މަޝްވަރާކޮށް ނިންމުންތަކެއް ނިންމައި ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށް މަސައްކަތްކުރުމާއި ބަލިމީހުންގެ ސަލާމަތަށްޓަކައި އާ އުޞޫލުތަކާއި އާ ވަޞީލަތްތައް ތަޢާރަފުކުރުމުގެ މުހިންމުކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

‎މި ކޮންފަރެންސްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ "ޕޭޝަންޓް ސޭފްޓީ ސްޓްރެޓެޖިކް ޕްލޭން" އިފްތިތާޙް ކޮށްދެއްވާފައެވެ. މީގެއިތިރުން އެކަމަނާވަނީ ޕޭޝަންޓް ސޭފްޓީ ކޮމިޓީ އިފްތިތާޙްކޮށްދެއްވައި އެކޮމެޓީގެ މެންބަރުންނަށް ޕިން ހަވާލުކޮށްދެއްވާފައެވެ. މި ކޮންފަރެންސްގައި "އިމްޕްރޫވިންގ ޑައިގްނޯސިސް ފޯރ ޕޭޝަންޓް ސޭފްޓީ"ގެ ނަމުގައި ޕެނަލް ޑިސްކަޝަނެއްވެސް ބާއްވާފައިވެއެވެ.

‎މި ކޮންފަރެންސްގެ ކުރިން އެކަމަނާ ވަނީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި މަޢުރަޒު ބައްލަވައިލައްވާފައެވެ. އަދި އެކަމަނާ ވަނީ މަޢުރަޒުގައި ހުޅުވާފައިހުރި ސްޓޯލްތަކުން ލިބެންހުރި ޞިއްޙީ ދާއިރާގެ އެކިއެކި މަސައްކަތްތަކާ ގުޅޭ މަޢުލޫމާތުތައް އޮޅުންފިލުއްވާފައެވެ. އަދި ކޮންފަރެންސަށްފަހު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށްވެސް އެކަމަނާ ޒިޔާރަތްކުރެއްވިއެވެ.

‎މިއަހަރުގެ ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިޢާރަކީ ބަލިމީހާގެ ރައްކާތެރިކަމަށްޓަކައި ބަލި ދެނެގަތުމުގެ ގޮތްތައް ހަރުދަނާކޮށް ފެންވަރު މަތިކުރުން، މިއެވެ. ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު