ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް

ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީގެ އިންސައްތައެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާކުރަނީ

އަލީ ޝާހީން
20 Jul 2024
ހަބަރު

ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީގެ އިންސައްތައެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާކުރަން ނިންމަވައިފިއެވެ. 

ރާއްޖޭގެ ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީގެ އިންސައްތައެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާކުރަން ނިންމެވި ނިންމެވުން ލަސްތަކެއް ނުވެ ތަންފީޒު ކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނާރެސް ޕޯޓަލް އާއި ކުރަނގި އެޕަރޭޝަންގެ ދެވަނަ ފިޔަވަހި އިފްތިތާޙުކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ ފަރާތުން ކައުންސިލްތަކުގައި އެދޭ ކަންކަން ކުރުމުގައި ކައުންސިލްތައް ބާރުވެރިކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތަކަށްވާއިރު، ރައްޔިތުން ހޮވާފަ ތިބޭ ބަޔަކު ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތްކުރުމުގެ ޒިންމާ އަދާކުރެވޭނީ ޚިދުމަތް ދިނުމަށް ބޭނުންވާ ބާރުވެރިކަން ސަރުކާރުން ދީގެންކަމަށެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، އަދިވެސް ބައެއް ރަށްރަށުގެ ކައުންސިލްގެ އިހްތިޞާސް ތެރޭގައި ބައެއް ފަޅުތަކާއި ބައެއް ތަންތަން ހިމެނުމުގެ ފުރުސަތުވެސް ގާނޫނީ އިމުގެ ތެރެއިން ދެވެން އޮތް އެންމެ ފުޅާ މިނެއްގައި ދެމުންދާ ކަމަށެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު