ތުރުކިޔޭ އިން ޔޫރަޕިއަން ޔޫނިއަން އަށް ކަނޑައަޅާފައިވާ ސަފީރު ފާރޫގް ކައިމަކްޗީ އާ ސަފީރު ޤީލާ ބައްދަލުކުރައްވައިފި

އަލީ އަޒްލީފް
28 Sep 2024
ހަބަރު

ދިވެހިރާއްޖެއިން ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ.) އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލްފާޟިލާ ޤީލާ ޢަލީ، ތުރުކިޔޭ އިން އީ.ޔޫ. އަށް ކަނޑައަޅާފައިވާ ސަފީރު ފާރޫގް ކައިމަކްޗީ އާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ތުރުކިޔޭ އާ ދެމެދު އޮންނަ ތާރީޚީ ގާތް ގުޅުމުގެ މައްޗަށް ދެ ސަފީރުން އަލިއަޅުއްވާފައި ވެއެވެ. އަދި މި ގުޅުން އިތުރަށް ފުޅާކޮށް، އަދި މީގެ އިތުރުން ބެލްޖިއަމް ގައި ތިއްބަވާ ޤައުމުތަކުގެ ސަފީރުންގެ މެދުގައި ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ސަފީރު ޤީލާ އާއެކު އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އަލްފާޟިލް ޙަސަން ނަވާފު ބައިވެރިވެވަޑައިގެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު