ކާރަކުން ބަނގުރާ ފެނުނު މައްސަލައެއްގައި ފުލުހުން ހޯދަމުންދާ ޓަފްޖޮލް މިއާ --ފޮޓޯ: ފުލުހުން

ބަނގުރާ ކަމަށް ޝައްކުވާ ކޭސްތަކެއް ފެނުނު މައްސަލައެއްގެ ތަހުގީގަށް ބިދޭސިއަކު ހޯދަނީ

އަލީ ޝާހީން
20 Jul 2024
ހަބަރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބާއްވާފައި އޮތް ކާރަކުން ބަނގުރާ ކަމަށް ޝައްކުވާ ކޭސްތަކެއް ފެނުނު މައްސަލައެއްގެ ތަހުގީގަށް ބިދޭސިއަކު ހޯދަން އިއުލާނުކޮށްފިއެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި މި މައްސަލައިގައި ހޯދަމުންދަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ޓަފްޖޮލް މިއާއެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދިންގޮތުގައި ފުލުހުން ބުނީ، ޓަފްޖޮލް މިއާ ހޯދަމުންދަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓުތައް ކައިރީގައި އޮންނަ ހުސްބިމުގައި ބާއްވާފައި އޮތް ކާރަކުން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ކޭސް ފެނިފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

މީގެ އިތުރުން އޭނާ އާ ބެހޭ މައުލޫމާތުތައް ހިއްސާކުރުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުލުހުންގެ އިދާރާ އަށް (9393351)، ނުވަތަ ފުލުހުންގެ ހޮޓްލައިނަށް (3322111) ގުޅުމަށް ފުލުހުން އެދެއެވެ. އަދި މައުލޫމާތު ލިބޭ ގޮތުގައި ފްޖޮލް މިއާ އަކީ ކާރު ދުއްވަން އިން ޑްރައިވަރެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު