ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ ހުރިހާ ކަމެއް ހުރީ ފާލުން ނެއްޓިފައި: އަބްދުއްރަހީމް އަބްދުﷲ

އަލީ ޝާހީން
02 Jan 2025
ހަބަރު

ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި ހުރިހާ ކަމެއް ވެސް އޮތީ ފާލުން ނެއްޓިފައި ކަމަށާއި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ މާލީ ހާލަތު އޮތީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރު ވެރިކަމާހަވާލުވި އިރު ހަމަޖެހުމާއި އިޖުތިމާޢީ ޢަދާލަތާއި އިންސާފު ޤާއިމްކުރުމުގެ ނިޒާމުތައް ވެސް އޮތީ ފެއިލްވެފައި ކަމަށެވެ.

ހުރިހާ ކަމެއް އޮތީ ހަމައިން ނެއްޓިފައި ފާލުން ނެއްޓިފައި، އެއީ ރާއްޖޭގެ ދަރަނި ކަމަަށް ވިޔަސް އެއީ މާލިއްޔަތުގައި ހުރި ފައިސާ ކަމަށް ވިޔަސް އަދި އެއީ މަގުމަތީގެ ހަމަޖެހުމަށް ބެލިކަމަށް ވިޔަސް އިޖްތިމާއީ އަދާލަތުކަމަށް ވިޔަސް އަދުލު އިންސާފު ގާއިމް ކުރުން ކަމަށް ވިޔަސް، ކޮންމެ ދާއިރާ އަކުން ބެލިޔަސް ރާއްޖެ އޮތީ ރައީސް ޑރ މުޢިއްޒު ހަވާލުވެވަޑާއިގެންނެވިއިރު ވަރަށް ބޮޑު ތަނުން ފެއިލް ވެފައި.

ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.  

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ ޗެއަރޕާސަންކަމުގެ މަޤާމު ވެސް އަދާކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، މި ދަތި ހާލަތުގައި ވެސް ރައީސް މުޢިއްޒުގެ ސަރުކާރުން އެއް އަހަރު ދުވަހުގެ ތެރޭގައި މުހިންމު ކާމިޔާބީތަކެއް ހޯއްދާފައިވާ ކަމަށެވެ. އެގޮތުން އިޤްތިޞާދު ފުޅާކުރުމަށް ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމުގެ އިތުރުން ޗައިނާ އާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމާއި މިހާތަނަށް ރާއްޖެއަށް ނާންނަ މިންވަރަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުން ފަދަ ބޮޑެތި ކާމިޔާބީތައް ހޯއްދެވި ކަން އަބްދުއްރަހީމު ވަނީ ފާހަގަކުރައްވާފައެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މި އަހަރަށް ފާސްކޮށްފައި އޮތް 56.6 ބިލިއަން ރުފިޔާގެ ބަޖެޓުން، މަޝްރޫއުތައް ހިންގަން ދައްޗެއް ނުވާނެއެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މި އަހަރު ވާނީ އެންމެ ގިނަ މަޝްރޫއު ހިންގާނޭ އަހަރަށެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު