101 މަރުކަޒަކުން ހިންގަމުން އައި ޕްރޮގްރާމްތައް މިއަދުން ފެށިގެން އެމްކިޔުއޭ އިން ޤަބޫލެއް ނުކުރާނެ

އަލީ ޝާހީން
07 Jan 2025
ހަބަރު

ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ މިނިސްޓްރީގައި ރަޖިސްޓަރ ނުކުރާ މަތީ ތަޢުލީމުދޭ 101 މަރުކަޒެއްގެ ޕްރޮގްރާމްތައް މިއަދުން ފެށިގެން ބާޠިލުކޮށްފައިވާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ވިދާޅުވެއްޖެއެވެ.

އެ އޮތޯރިޓީން ކުރި އިއުލާނެއްގައި ވިދާޅުވީ، "މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު" ގެ ދަށުން ދިވެހިރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ހިންގޭނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގައި ރަޖިސްޓަރ ކުރުމަށް ފަހުގައި ކަމަށެވެ. އަދި މިއަދާ ހަމައަށް ރީ-ރަޖިސްޓަރ ކޮށްފައިނުވާ 101  މަރުކަޒެއްގެ ނަން ހިމެނޭ ލިސްޓެއް އެ ވުޒާރާއިން ވަނީ މި އޮތޯރިޓީއާ ޙިއްސާ ކުރައްވާފައި ކަމަށެވެ.

އެހެންކަމުން، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގައިގެ ދަފްތަރު (ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ދަފްތަރު) ގައި ރަޖިސްޓަރ ކޮށްފައިނުވާ މަރުކަޒުތަކުގެ ލިސްޓްގައި ހިމެނޭ 101 މަރުކަޒަކުން ކުރިން ހުއްދަދީގެން ހިންގަމުން އައި ޕްރޮގްރާމްތައް ހިންގާ ޕްރޮގްރާމްތައް މިއަދުން ފެށިގެން "މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު" ގެ 21 ވަނަ މާއްދާގެ (ބ) ގެ ދަށުން ޤަބޫލުނުކުރާނެކަމަށް ވިދާޅުވެފައިވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު