ކުޑަކުދިންތަކަކާއެކު މަސްތުގެ ހާލަތުގައި ހައްޔަރުކުރި ހަތަރު މީހުން...

ކުޑަކުދިންތަކަކާއެކު މަސްތުގެ ހާލަތުގައި ތިބި ބަޔަކު މާލޭ އެޕާޓްމެންޓަކުން ހައްޔަރުކޮށްފި

އައިމިނަތު
07 Oct 2025
ހަބަރު

ދިވެހި ފުލުހުންގެ ޚިދުމަތުން މި މަހުގެ 6 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކުޑަކުދިންތަކަކާއެކު މަސްތުވާތަކެތީގެ ހާލަތުގައި ތިބި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަާގައި ހައްޔަރުކޮށްފައިވަނީ މާލެ ސިޓީ މ.އެތޫމާ، އަލީ އަޝްރަފް (35އ) އާއި ޕެރިސް، ގދ. ވާދޫ ލުހާން ސައީދު (41އ) އާއި ސިލްވަރ ސްޓާ، ވ.ރަކީދޫ ނާފިއު ރަޝީދު (39އ) އަދި މާލެ ސިޓީ ހ.ފިނިކުރީގެ އިބްރާހިމް ޝިނާން އަހުމަދު (33އ) އެވެ.

މަސްތުވާތަކެތި ބޭނުންކުރުމުގެ އިތުރަށް ފުލުހުން ވަނީ ނަހަމަ ގޮތުގައި ކުޑަކުދިން ބޭނުންކުރުމުގެ ތުހުމަތު ވެސް މި މީހުންގެ މައްޗަށް ކޮށްފައެވެ. 

މި މީހުން ހައްޔަރުކޮށްފައިވަނީ ހެންވޭރުގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވޭ ޕެކެޓްތަކަކާއި އެކުގައެވެ. އަދި ޝައްކު ކުރެވޭ މީހުންގެ ކުޑަކަމުދާތަކެތީގެ އިބްތިދާއީ ޓެސްޓުތަކުން މަސްތުވާތަކެތި ބޭނުން ކުރިކަމަށް ޕޮޒިޓިވްވެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު