އެމްޑިޕީގެ އެއްވުމުގައި ބަންދަށްގެންދިޔަ ހަ މީހުން...

ސަރުކާރާ ދެކޮޅަށް އެމްޑީޕީން ކުރަމުންދާ ހަޅުތާލު އަންނަނީ މޮނިޓަރ ކުރަމުން: ދިވެހި ފުލުހުން

އައިމިނަތު
07 Oct 2025
ހަބަރު

ސަރުކާރާ ދެކޮޅަށް އިނދިކޮޅު ޕާޓީ އެމްޑީޕީން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި މުޒާހަރާގައި ބަންދަށް ގެންގޮސްފައިވާ މީހުން ކުރަމުން އަންނަ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު މޮނިޓަރކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މިރޭ އެކްސްއަށް ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ ބަންދުގައި ތިބި މީހުން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންދާތީ، ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ދަނީ އެކަންތައް މޮނިޓަރކުރަމުން ކަމަށެވެ. އަދި މިކަމުގެ މަޢުލޫމާތު ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ؛

"އޮކްޓޯބަރު 3 ގައި ބަންދުކޮށްފައިވާ މީހުން މިހާރު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާއިރު، އެމީހުންނަށް އެކަށީގެންވާ ބޭސްފަރުވާއެއް ނުލިބި، ތަހުގީގު ލަސްތަކެއް ވަނީ ކުރިމަތިވެފަ. އެމީހުންނަށް ދުސްތޫރީ ހައްގުތައް ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން."

ފައްޔާޒް އިސްމާޢީލް، އެމްޑީޕީގެ ޗެއަރޕާސަން.

މި އެއްވުމުގައި ޖުމްލަ އަށް މީހަކު ހައްޔަރުކޮށްފައިވާ އިރު ބަންދަށް ގެންގޮސްފައިވަނީ ހަ މީހުންނެވެ. އެއީ ދާންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔައުގޫބު އަބްދުالله އާއި ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔާސިރު އަބްދުއްލަތީފް އާއި މާފުށީ ކައުންސިލް ރައީސް ހަސަން ސޮލާހް އާއި އެމްޑީޕީގެ ނިމިދިޔަ ދައުރުގައި ރައީސް އޮފީހުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް އަލީ ޖުމާންގެ އިތުރުން ޙަސަން ޝާކިރު އާއި އަޒީމް އަލީ އެވެ.

މި މީހުންގެ ބަނދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު